މާލެ: 31°C
އިވާއަށް ބިރުދެއްކި ކަމަށް ބުނާ މީހަކު ހައްޔަރު ކުރުމަށް ފަހު ފޯނު ހިފަހައްޓާ، މީހާ ދޫކޮށްލައިފި

އިވާއަށް ބިރުދެއްކި ކަމަށް ބުނާ މީހަކު ހައްޔަރު ކުރުމަށް ފަހު ފޯނު ހިފަހައްޓާ، މީހާ ދޫކޮށްލައިފި

August 2, 2023
2 ފަހަރު ބަލާފައި
އިވާއަށް ބިރުދެއްކި ކަމަށް ބުނާ މީހަކު ހައްޔަރު ކުރުމަށް ފަހު ފޯނު ހިފަހައްޓާ، މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުންކޮށް، ބިރުދެއްކި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މިނިވަން އަށް ވިދާޅުވީ އެ މީހާގެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ފޯނި ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓުވިޓާގައި އިވާއަށް ބިރުދައްކާ ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ދަރިފުޅުގެ ފޮޓޮ ޓްވިޓާ ގައި ބޭނުންކޮށްގެން އީވާ އަށް ބިރުދައްކާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު މިރޭ، 22:34 ގައި ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކުރެވިފައި" ރޭ ފުލުހުން ބުނެފައިވެއެވެ.

އީވާގެ ދަރިފުޅުގެ ނަމުގައި ފޭކު ޓުވިޓާ އެކައުންޓެއް ހަދައިގެން، އޭނާގެ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން އީވާއަށް ބިރުދައްކާ ފުރައްސާރަ ކުރާ މައްސަލަ ފެށުމާއެކު، އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝަހްސު އޮޅުވާލައިގެން އޭނާގެ ދަރިފުޅަށް ފުރައްސާރަކުރުން ބަލައި ނުގެނެވޭ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސްކޮށް ބެލުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ