
އީޔޫން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ އެހީއެއް
އީޔޫން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ އެހީއެއް
ލިޔުން:
ނޫ އިޤުތިސާދު ހަރުދަނާކުރަން ޔޫރަޕިއަން ޔޫނިއަން، އީޔޫން 100 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ދިވެހި ސަރުކާރަށް ދެއްވައިފިއެވެ.
ނޫ އިޤުތިސާދު ހަރުދަނާކުރަން އީޔޫން ދެއްވި 6.5 މިލިޔަން ޔޫރޯ ނުވަތަ 108 މިލިޔަން ދިވެހި ރުފިޔާގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަންސް ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީއާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް އީޔޫން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އީޔޫން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ގުޅުމަށް ލިބިފައިވާ ގިނަގުނަ ކުރިއެރުންތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްކުރެވޭ މަސައްކަތްތަކާއި ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށާއި ނިރުބަވެރިކަމާއި ދެކޮޅަށް އީޔޫއާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތައް ވަޒީރު ފާހަގަކުރެއްވިއެވެ.
އީޔޫންދަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އީޔޫއާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ 5 ވަނަ ބައްދަލުވުމުގައި ޤާނޫނީ ވެރިކަން ހަރުދަނާކޮށް ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިންކުރާ މަސައްކަތްތަކަށް އެހީވުމަށް 74.8 މިލިޔަން ރުފިޔާގެ އެހީއެއް އީޔޫން ދެއްވާފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
