މާލެ: 31°C

ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުން އެންމެ ޔުނިޓެއްވެސް އިންޑިއާ ކުންފުންޏަކަށް ނުލިބޭނެ: އަކްރަމް

January 22, 2023
2 ފަހަރު ބަލާފައި
ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުން އެންމެ ޔުނިޓެއްވެސް އިންޑިއާ ކުންފުންޏަކަށް ނުލިބޭނެ: އަކްރަމް
ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުން އެންމެ ޔުނިޓެއްވެސް އިންޑިއާ ކުންފުންޏަކަށް ނުލިބޭނެ: އަކްރަމް
ސަރުކާރުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުން އެންމެ ޔުނިޓެއްވެސް އިންޑިއާ ކުންފުންޏަކަށް ނުލިބޭނެކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ، ހިންނަވަރު ރޯހައުސްތަކާއި ހައުސިންގ ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ، މި ސަރުކާރުން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސްޕީޑްފެނި އެކަމާ ހަސަދަވެރިވާ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާކަކަމަށެވެ. "މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކައި އިންޑިއާގެ 2 ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ 4000 ފުލެޓަކީވެސް ދިވެހިރައްޔިތުންނަށް ލިބޭނެ ފުލެޓްތަކެއްކަން އަޅުގަނޑު ފށހަގަކުރަން، އެންމެ ފުލެޓެއްވެސް ހަމަ އެންނެ ފުލެޓެއްވެސް އޭގެން ކުންފުންޏަކަށް ނުލިބޭނެ، އެތަން ލިބޭނެ ދިވެހި ރައްޔިތުން ކަނޑައަޅާނީ ދިވެހި ސަރުކާރުންކަން އަޅުގަނޑު ޔަޤީންކޮށްދެން. ވީމާ ސިޔާސީ ބޭނުމެއްގައިވެސް ނުވަތަ ޒާތީ ހަސަދަވެރި ކަމެއްގައިވެސް ދިވެހި ރައްޔިތުންނާގުޅޭ އެފަދަ ހައްސާސް މައްސަލަތަކުގައި ކަނޑައެޅިގެން އޮޅުވާލައި ފިތުނަވެރިކަން އުފަންދަން އެއްވެސް ބޭފުޅަކު މަސައްކަތްކުރުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި އަޅުގަނޑު ދެކެން." އަކްރަމް ވިދާޅުވިއެވެ. އަކްރަމް މިހެން ވިދާޅުވީ، ދާދިފަހުން މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހުމަދު ޒަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ، ޒަމީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބޯހިޔާވަހިކަން އޮޅުވާލައިފި ކަމަށެވެ.   އަކްރަމް ވިދާޅުވީި މި ސަރުކާރަކީ ބޯހިޔާވަހިމަގެ ސަރުކާރު ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަކީ ބޯހިޔާވަހިކަމަކީ ކިހާ ބޭނުންތެރި، ކިހާ މުހިންމު ކަމެއްކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ