
އެންމެފަހުން 4،000 ފްލެޓް ދޫކުރުމުގެ ހުއްދަ އޭސީސީން ދީފި
އެންމެފަހުން 4،000 ފްލެޓް ދޫކުރުމުގެ ހުއްދަ އޭސީސީން ދީފި
ލިޔުން:
މިދިޔަ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި ފްލެޓްތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވާފައި އޮތް 4،000 ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދަ އެންމެފަހުން އެ ކޮމިޝަނުން ދީފިއެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައުސިން މިނިސްޓްރީން އެ ފްލެޓްތައް ދޫކުރުން ހުއްޓާލީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަެވެ.
މިކަމާއި ގުޅޭގޮތުން އޭސީސީން ބުނީ ފްލެޓްތައް ދޫކުރުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުންތައް މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
މިގޮތުން ފްލެޓްތައް ދޫކުރުމުގައި ބައްލަވަންޖެހޭ ކަންކަމަށް ރިޔާއަތްކޮށް އަމަލުކުރަމުން ދިއުމަށް ކޮމިޝަނުން ވަނީ މިނިސްޓްރީއަށް އިލްތިމާސްކޮށްފައެވެ.
އޭސީސީން ބުނީ އުސޫލުތަކާއި ޝަރުތުތަކާ އުސޫލްތަކާ އެއްގޮތަށް ހުރި ފޯމުތަކަށް ބަދަލު ނާންނާނެހެން މައްސަލަ ހުރި ފޯމްތައް އަލުން މުރާޖައާ ކުރުމަށެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް ޑރ.މުއިއްޒު އެންމެ ފުރަތަމަވެސް ދެއްކެވި އެއް ވާހަކަފުޅަކީ މިދިޔަ ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ލިބުނު މީހުނަށް ރަޖިސްޓަރީ އާއި ބިންތައް ހަވާލުކުރައްވާނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
