މާލެ: 31°C

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފޫރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

February 4, 2025
139 ފަހަރު ބަލާފައި
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފޫރުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ނިކޮލަސް ޑޭވިޑް ލޯ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އާއި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނށައެޅުއްވި އައު ސަފީރާ ދެމެދު ބޭއްވެވި ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ އައު ސަފީރު ވަނީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތްގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، އަދި މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ދެ ގައުމު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އިނގިރޭސި ވިލާތަކީ ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެއްމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމް ކުރި ގައުމެވެ. އެގޮތުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ