މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން މިއަހަރުގެ ރޯދަމަހަށް ހާސަކޮށް ރޯދަ ޕްރޮމޯ 2023 މިއަދު ފަށައިފިއެވެ.
12 މާރިޗުން 30 އޭޕްރިލް އަށް ކުރިއަށްދާ މި ޕްރޮމޯޝަން އަކީ އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގް އެންޑް އިންޖިނިއަރިންގް އާއި ޓޫރިޒަމް ދާއިރާއާ އަދި ޓްރާންސްޕޮޓޭޝަން މީގެ އިތުރުން ފިޝަރީޒް އަށް އަމާޒު ކުރެވިގެން ބާއްވާ ޕްރޮމޯޝަން އެކެވެ.
ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިކަމަށްޓަކައި ބޭއްވި ހަފުލާގައި އެކުންފުނީގެ ސޭލްސް މެނޭޖަރު ނިމާދު ވިދާޅުވީ އެންޓީސީސީއިން ވިއްކާ ދަވާދު ފިޔަވާ އެހެން ހުރިހާ އުފެއްދުންތަކަކުން ތަކަކަށް އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ރޯދަމަހަކީ އޮޑި ދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން އާއިލާއާއެކު ވަގުތު ހޭދަކުރާ ދުވަސް ކޮޅަކަށްވެފައި އަދި މިވަގުތުގައި އޮޑި ދޯނިފަހަރުގެ މަރާމާތުގެ މަސައްކަތް ކުރާ ދުވަސް ކޮށްޅަކަށް ވުމުން މި ޕްރޮމޯޝަން އަކީ އެދުވަސްވަރަށް ހާއްސަކޮށް ބާއްވާ ޕޮރޮމޯޝަން އެއް ކަމަށް ނިމާދު ވިދާޅުވިއެވެ.

ޑިސްކައުންޑް ލިބޭ ބާވަތްތައް
- ޔަންމާ އިންޖީނު
- ސުޒުކީ އިންޖީނު
- ސްކޮޓް ބޭޑަރ ކޮމްޕޮސައިޓްސް އަދި ފައިބަރ ގޮލާސް މެޓީރިއަލްސް
- ކާސްޓްރޯލް ލުބުރިކަންޓްސް
- ސުޒުކީ އަދި ޔަންމާ ސްޕެއަރ ޕާރޓްސް
- މެރޯލް ސްޓީއަރިންގް ސިސްޓަމް
- ޓިއުބު، ޝެފްޓް، ޕްރޮޕެލާރ
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިމާދު ވިދާޅުވީ އެންމެ ބޮޑު ޑިސްކައުންޓެއް ގެ ގޮތުގައި ލިބޭނީ އަގުގެ 10 ޕަސަންޓު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރޮމޯޝަން ކުރިއަށް ދާއިރު އެމްޓީސީސީން، ޔަންމާ އިންޖީނުތަކުގެ ހަތަރު މޮޑެލް އެއް އެބަހުރިކަމަށެވެ. އެއީ 350 ހޯސްޕަވަރް، 405 ހޯސްޕަވަރް، އަދި 500 ހޯސްޕަވަރް ގެ އިންޖީނު ކަމަށެވެ. އެއިން ކޮންމެ އިންޖީނަކުންވެސް އަށް ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާލުވިއެވެ. އަދި މީގެ އިތުރުން ސުޒުކީ އިންޖީނު ތަކުން 10 ޕަސަންޓް ޑިސްކައުޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ ކޯވިޑް އަށްފަހު އެމްޓީސީސީއިން ބާއްވާ ފުރަތަމަ ރޯދަ ޕްރޮމޯޝަން އެވެ.