
އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީފި
އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީފި
ލިޔުން:
އެންދަމަން މޫދަށް ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަަލާދީ ޒަހަމް ކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ފ. ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ "ގުރުވަ" ނަމަކަށް ކިޔާ ދޯނިން އެންދަމަން މިއަދު ހެނދުނުގެ ވަގުތެއްގައި ފަޅުވެރިއަކު މޫދަށް ފުންމާލައިގެން އުޅުމުގެ ތެރޭގައި ކަމަށް މަސްވެރިން އެމްވީ އިން މައުލޫމާތު ދެއެވެ.
ޒަހަމްވީ މީހާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން އެތަނުން ބައެއް ވަނީ ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޒަހަމްވި ފަޅުވެރިޔާއަށް ވަނީ މ. މުލީ ހޮސްޕިޓަލުން ފަރުވާދެވިފައެވެ.
އެގޮތުން މުލީ ހޮސްޕިޓަލުން "މިނިވަން" އަށް ބުނީ އޭނާ ވަނީ މިހާރު ޑިސްޗާރޖް ކޮށްފައި ކަމަށާއި، އަދި އަމިއްލަ ގޮތަކުން މާލެ ފުރި ހަބަރު އެ ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ.
މީގެ ތިން ދުވަސް ކުރިން ވަނީ ގއ. ކޫއްޑޫ ކައިރިން، އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެއް ކަންނެލި މަސްވެރިކަންކުރާ ދޯންޏަކުން މޫދަށް ވެއްޓި، މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
