މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އިހްސާސްކުރެވޭ ހޫނުމިން އެންމެ މަތީ ހުޅުލެއަށް ކަމަށް ދައްކައިފި އެވެ.
މެޓް އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހެނދުނު 11:00 ގައި ފިނި ހޫނުމިން އިހްސާސްކުރެވޭ މިންވަރު އެންމެ މަތީ ހުޅުލެއަށެވެ. އެގޮތުން ހުޅުލޭގެ ފިނިހޫނު މިން 32.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 37.2 ޑިގްރީ ސެލްސިއަސްގައެވެ.
ދެވަނައަށް އެންމެ ހޫނުގަދައީ ހަނިމާދޫއަށެވެ. އެގޮތުން ހަނިމާދޫގެ ފިނިހޫނު މިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.9 ޑިގްރީ ސެލްސިއަސްގައެވެ. އަދި ގދ. ކާޑެއްދޫގެ ފިނިހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.6 ޑިގްރީ ސެލްސިއަސްގައެވެ.
މިއަދުގެ އިހުސާސް ކުރެވޭ ފިނި ހޫނުމިން އެންމެ ދަށީ އައްޑޫ ސިޓީ ގަން ހިމެނޭ ސަރަހައްދާއި ލ. ކައްދޫ ހިމެނޭ ސަރަހައްދަށެވެ. އެގޮތުން އެ ދެރަށުގެ ފިނިހޫނުމިން 31 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައެވެ.
މެޓުން ބުނިގޮތުގައި އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވަރެޖް ނިސްބަތައްކަމަށެވެ.







