މާލެ: 31°C

އެންމެ ފަހުން ޔާމީނުގެ ހުކުމް އިސްތިއުނާފުކޮށްފި

February 21, 2023
2 ފަހަރު ބަލާފައި
އެންމެ ފަހުން ޔާމީނުގެ ހުކުމް އިސްތިއުނާފުކޮށްފި
އެންމެ ފަހުން ޔާމީނުގެ ހުކުމް އިސްތިއުނާފުކޮށްފި
ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް އެމަނިކުފާނުގެ ވަކީލުން މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޔާމީނުގެ ވަަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ޗެނަލް 13 އަށް ކުޑަ އިރުކޮޅެއް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުން ލަސްވީ ދަށު ކޯޓުގެ ހުކުމުގައި ދިރާސާކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެ ހުކުމް އިސްތިއުނާފު ކުރުމަށް ޓަކައި ފަރުވާތެރިކަމާ އެކު ގިނަ ކަންތައްތަކަށް ބަލާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅިގެން މި ދިޔައީ ވަރަށް ގިނަ ވަގުތު މިކަމަށް ޓަކައި ހޭދަކުރަން ޖެހިގެން، ހަގީގަތުގައި ދަށު ކޯޓުގެ އެ ނިންމުމުގައި ހުރި ވަރަށް ގިނަ ކަންތައްތަކަކީ އެކަމަށް ވަރަށް ގިނަ ދިރާސާތަކާ އަދި ވަރަށް ގިނަ ދިމާލަށް އެކަމުގެ ރިފަރެންސްތަކެއް ހަދަން ޖެހޭ ކަމަކަށް ވާތީ ވެ، ވަގުތު ނަގައިގެން ވިޔަސް އެ މަސައްކަތް ފުރިހަމަކޮށް ކުރުމަށް ޓަކައި އެކަމުގެ ތެރޭގައި ބަލަން ޖެހޭ ހުރިހާ ކަމެއް ފަރުވާތެރިކަމާ އެކު ބެލުމަށް ޓަކައި ނެގި ވަގުތު ތަކެއް މި ނެގީ،" ޖަމީލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމާއި އެކު ކަފާލާތުގެ ދަށުން ޔާމީނު ޖަލުން މިނިވަން ކުރަން ވެސް ވަކީލުންގެ ޓީމުން މަަސައްކަތް ކުރާނެ ކަމަށެވެ. ޔާމީނު 11 އަހަރަށް ޖަަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އެވެ. ހުކުމެއް އިސްތިއުނާފު ކުރަން ރާއްޖޭގައި އޮންނަނީ 60 ދުވަސް ކަމަށް ވާއިރު އެ މުއްދަތު ހަމަވާން ދެން އޮތީ ހަތަރު ދުވަހެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ