އެންމެ އަގުބޮޑު، އެންމެ ފެންވަރު ރަނގަޅު ވޯޓު ކަރުދާސް ބޭނުންކުރާ ގައުމަކީ ރާއްޖެ: ފުއާދު

އެންމެ އަގުބޮޑު، އެންމެ ފެންވަރު ރަނގަޅު ވޯޓު ކަރުދާސް ބޭނުންކުރާ ގައުމަކީ ރާއްޖެ: ފުއާދު
ލިޔުން:
ދުނިޔޭގެ އެންމެ އަގުބޮޑު، އަދި އެންމެ ފެންވަރު ރަނގަޅު ވޯޓު ކަރުދާސް ބޭނުންކުރާ ގައުމަކީ ދިވެހިރާއްޖެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރުގުރާމުގައި ފުއާދު ރޭ ވިދާޅުވީ 2008 ފެށިގެން މިހާތަނަށްވެސް އިލެކްޝަން ކޮމިޝަނުން ގެންދަނީ ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ވަރަށް ވަރުގަދަކޮށް ބަލަހައްޓަމުން ކަމަށެވެ. އެއީ ރައްޔިރުންނަށް އިތުރު ޔަގީން ކަމަކާ އިތުބާރު ހޯދައިދިނުމަށް ޓަކައި އިލެކްޝަނުން ކުރަމުން ގެންދާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެންމެ އަގުބޮޑު، އެންމެ ކޮލިޓީ ވޯޓުކަރުދާސް ބޭނުންކުރާ ގައުމަކީ ދިވެހިރާއްޖެ އިނގޭތޯ. " ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި އެހެން ބައެއް ގައުމުތަކުގެ އިލެކްޝަން ކޮމިޝަން ތަކުގެ އޮފިޝަލުންނަށް ރާއްޖޭގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ފެންވަރު އެގުމުން، އެބޭފުޅުންގެ ގައުމު ތަކުގައި މި ފެންވަރުގެ ވޯޓު ކަރުދާސް ބޭނުން ނުކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ރާއްޖޭގައި ބޭނުންކުރާ ވޯޓު ކަރުދާހަކީ ޑުބްލިކޭޓް ނުކުރެވޭނެ ކަރުދާހެއްކަމަށާއި، ވޯޓު ކަރުދާސްތައް ހުންނާނީ، ކަރުދާސްތައް ޗާޕު ކުރަން ފަށާ ހިސާބުން ފެށިގެން ގޮސް ވޯޓޫ ލާނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ. އެ އިންތިހާބަށް އެކި ދާއިރާ ތަކުން ގާތްގަނޑަކަށް 8،000 އޮފިޝަލުން ބޭނުން ވާނެކަމަށައި އަދި މިހާރު އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް ފުއާދު ރޭ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
