މާލެ: 31°C
"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ހަފްލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ހަފްލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

May 27, 2024
3 ފަހަރު ބަލާފައި
"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ހަފްލާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
"އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ހަފްލާ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި"އިމަރޖެންސީ މެޑިސިން" ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ނައިބު ރައީސް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އިމަރޖެންސީ މެޑިސިން ފުރަތަމަ އުފެދިފައިވަނީ 1970 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޔޫރަޕްގައެވެ. މި އަހަރުގެ އިމަރޖެންސީ މެޑިސިން ޑޭ ގެ ޝިއާރަކީ "ކްލައިމެޓް ޗޭންޖް އިޒް އަ ހެލްތް އިމަރޖަންސީ ޓޫ" އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ