މާލެ: 31°C

އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 1000 މީހުން އިތުރު 4600 މީހުން ބޭނުންވޭ

އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 1000 މީހުން އިތުރު 4600 މީހުން ބޭނުންވޭ
May 7, 2023
2 ފަހަރު ބަލާފައި
އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 1000 މީހުން އިތުރު 4600 މީހުން ބޭނުންވޭ
މިއަހަރު އޮންނަ ރިޔާސީ އިންތިހާާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ 1،000 މީހުން ކަމަށާއި، އަދި އިތުރަށް 4،600 އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ޖުމްލަ 5،600 އޮފިޝަލުން ބޭނުންވާކަމަށާއި ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 22 ވަނަ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ލިބިފައިވާ ފޯމްތައް ބަލައި އޮފިޝަލުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިލެކްޝަނުން ބުނީ ފޯމުލާ ގިނަ ގިނަމީހުން އަތުގައި ހުރި ހުރިހާ ސެޓްފިކެޓްތައް ހުށަހަޅަމުން އަންނަކަމަށް ފާހަގަކުރެވޭކަމަށެވެ. އެގޮތަށް ހުރިހާ ސެޓްފިކެޓް ބޭނުން ނުވާނެ ކަމަށާއި ސެޓްފިކެޓެއް ނެތްނަމަ އެމީހެއްގެ ސީވީއެއް ހުށަހެޅުމުން، ސީވީއަށް ބެލުމަށްފަހު އެފުރުސަތު އެމީހަކަށް ދެވޭން ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ. އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދޭ އުޖޫރަ:
  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1500ރ (ފަނަރަސަތޭކަ ރުފިޔާ)
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ (ބާރަސަތޭކަ ރުފިޔާ)
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ (އެއްހާސް ރުފިޔާ)
  • ރިސާރވް އޮފިޝަލަކަށް 500ރ (ފަސްސަތޭކަ ރުފިޔާ)
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އޮފިޝަލުން ނުލިބިގެން އަދިވެސް އުޅޭ އިރު، އިންތިހާބު އޮންނާނީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހު 30 ގައި އިންތިހާބް ބާއްވާނެ އެވެ. މި އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ އަދަދަކީ 282،755 މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ