މާލެ: 31°C
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

July 25, 2023
2 ފަހަރު ބަލާފައި
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ ތެރެއިން،  އއ. ފެރިދޫ، ހާލި، އަލީ ނަޝާތުގެ މެންބަރުކަމުގެ ދައުރު މިއަދު ހަމަވެއްޖެ އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ޖުލައި 25، 2018 ގައެވެ.

މިދިޔަ މޭ މަހު ރައީސް އޮފީހުން ވަނީ ނަޝާތުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި މަގާމަށް ހަތް ބޭފުޅުން ކުރިމަތިލެއްވި އެވެ.

އީސީގެ މެމްބަރުކަމަށް އަލުން ނަޝާތު އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އޭނާގެ ނަން ފޮނުއްވާފަ އެވެ. ނަމަވެސް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެމައްސަލައާ މެދު ގޮތެއްނުނިންމައެވެ.

މިއަދު ނަޝާތުގެ ދައުރު ހަމަވެފައި މިވަނީ ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށެވެ. ނަޝާތުގެ ދައުރު ހަމަވުމުން ދެން ތިއްބަވާނީ ހަތަރު މެމްބަރުންނެވެ.

އީސީގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިއްޔެ ކޮމިޝަނުން ވަނީ ފާސްކޮށްފައެވެ. އެ މައްސަލައިގައި ފުއާދު ތައުފީގު އާ ދެކޮޅަށް ވޯޓު ދެއްވި ތިން ބޭފުޅުންގެ ތެރޭގައި ނަޝާތު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެނގިފައިވާ ގޮތުގައި ނަޝާތަކީ، އީސީގެ، އަޓީއާ ގުޅޭ ޓެކްނިކަލް ކަންކަމުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ