މާލެ: 31°C
އިލެކްޝަންސް ކޮމިޝަނުގެ އާ ވެބްސައިޓް ތައާރަފްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ އާ ވެބްސައިޓް ތައާރަފްކޮށްފި

March 17, 2024
3 ފަހަރު ބަލާފައި
އިލެކްޝަންސް ކޮމިޝަނުގެ އާ ވެބްސައިޓް ތައާރަފްކޮށްފި
އިލެކްޝަންސް ކޮމިޝަނުގެ އާ ވެބްސައިޓުގެ ހިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެކަމަށް އެކޮމިޝަނުން ބުނެފިއެވެ. އީސީއިން ބުނީ މި އާ ވެބްސައިޓަކީ، އެ ކޮމިޝަނުގެ މަސައްކަތްތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއްކަމަށެވެ. އީސީއާއިން ކުރާ މަސައްކަތްތައް ފަސޭހައިން ފެންނަގޮތަށް ފަރުމާ ކޮށްފައިވާ މި ވެބްސައިޓުގައ ކުރިއަށްއޮތް މަޖިލިސް އިންތިހާބުގެ މައުލޫމާތު ފަސޭހައިން ފެންނަގޮތަށް ކައުންޓްޑައުން ވަގުތާއި އެކު އެނގޭނެހެން ފުރަތަމަ ޕޭޖުގައި ފެންނަން އެބަހުއްޓެވެ. އިންތިހާބު ތަކާ ގުޅޭ ތަފާސް ހިސާބުތަކާއި އެކި އެކި އޮންލައިން ޚިދުމަތްތައް ވެސް ކުރީގެ ވެބްސައިޓަށް ވުރެ ފަސޭހަކަމާއި އެކު މި އާ ވެބްސައިޓުން ފެނެއެވެ. މި ވެބަސައިޓް މެދުވެރިކޮށް، ރަޖިސްޓަރީ ވެފައިވާ ސިޔާސީ ޕާޓީއާއި ވޯޓުލާން ރަޖިސްޓްރީ ވެފައިވާތަން ފަސޭހަކަމާއެކު ބަލާލެވެއެވެ. އީސީގެ ކުރީގެ ވެބްސައިޓު ބޭނުންކުރަން އުނދަގޫވުމާއި ލަސްވުމުގެ ޝަކުވާ ވަރަށް ގިނަ މީހުން ކުރެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ