މާލެ: 31°C
އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރަން ނިންމައިފި

އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރަން ނިންމައިފި

February 5, 2024
3 ފަހަރު ބަލާފައި
އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރަން ނިންމައިފި
އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރުން ފެށިގެން ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި އެކަނިވެރި މައިންގެ އިނާޔަތާއި ޔަތީމު ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި މެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެވައުދު އެކަނިކުފާނު ފުއްދަވާ ދެއްވާނެ ކަމަށެވެ. އެގޮތުން، ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ދަރަނި ބޮޑުވެ ގައުމު އިގްތިސާދީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް ކުރަން ޖެހުމުގެ ސަބަބުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަށް ހަމަޖެހިފައި ނުވި ނަމަވެސް، އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަށް މިއަހަރުވެސް މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށާއި އެކަމަކީ ވެސް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އޭގެ އިތުރުން، ޔަތީމު ކުދިންނާއި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް އަޅާލުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެކަނިވެރި މައިންގެ ގޮތުގައި ރާއްޖޭގައި 5،443 މީހުން ރަޖިސްޓްރީކޮށްފައި އެބަތިއްބެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ