
އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ ނަމޫނާއަކަށް ރައީސް ޑރ.މުއިއްޒު ނެންގެވީ ސަރުކާރުން ކޮށްދެއްވާކަންކަން
އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ ނަމޫނާއަކަށް ރައީސް ޑރ.މުއިއްޒު ނެންގެވީ ސަރުކާރުން ކޮށްދެއްވާކަންކަން
ލިޔުން:
އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި، އެފަދައިން ޢަމަލުތައް ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި އިއްޔެ ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.
ރައީސްގެ ހިތޯބުގައި، ރަމަޟާން މަހަކީ، ހުރިހައި ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމުގައި ފާހަގަކުރައްވައި، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވިއެވެ.
އަދި އެމަނިކުފާނު ވަނީ ހެޔޮ ފޯރުވުމުގައި ނަމޫނާ ދެއްކުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސްވެރީން ކިރުވި މަހަށް ފައިސާ ނުލިބުމުގެ މައްސަލަ ރޯދައަށް ޙައްލުކޮށްދެވުމާއި، ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ރޯދައިގެ ކުރިން ޙައްލުކޮށްދެވުމާއި، ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމާއި، ރަމަޟާން މަހުގެ ފަހު ދިހައެއް އަޅުކަމަށް ޚާއްސަކުރެވި، އޮފީސްތައް ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައިވާކަން ފާހަގަކުރެއްވިއެވެ.
އެ ޚިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުންމަތެއްގެ ގޮތުގައި ސިފަކުރައްވާ މުޅި އުންމަތަށް ހެޔޮދުއާ ކޮށްދެއްވުމަށް ބާރުއަޅުއްވާފައެވެ. އަދި ހާއްސަކޮށް ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރުދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރެއްވުމަށް އެމަނިކުފާނު ދުއާކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
