މާލެ: 31°C

މާލޭގައި އީދު ކުޅިވަރުތަށް މިއަދާ މާދަމާވެސް ކުރިއަށް ގެންދަން ނިންމައިފި

March 31, 2025
144 ފަހަރު ބަލާފައި
މާލޭގައި އީދު ކުޅިވަރުތަށް މިއަދާ މާދަމާވެސް ކުރިއަށް ގެންދަން ނިންމައިފި
މާލޭގައި އީދު ކުޅިވަރުތަށް މިއަދާ މާދަމާވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މާލޭގައި އީދު ކުޅިވަރުތަށް މިއަދާ މާދަމާވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން އިސްނަގައިގެން ސަރުކާރުގެ ކުންފުނިތަކާ އެކު ކުރިއަށްގެންދާ އީދު ކުޅިވަރުތަށް މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކު ސަރަހައްދުގައި އިއްޔެ ބޭއްވި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނ އަދަދެއްގެ ކުޑަކުދިން ވަނީ އެތަނަށް ގޮސްފައެވެ. އެހެންކަމުން އިތުރު 2 ދުވަހުވެސް އެ ހަރަތާތްތަށް ކުރިއްށްގެންދަން ވަނީ ނިންމާފައެވެ.

އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނއިގެން އިންތިޒާމްކުރި މިހަރަކާތުގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސްވަނީ ދައްކާލާފައެވެ. މިހަވީރުގައި އެކި އުމުރުފުރާގެ ގިނަބަޔަކުވަނީ ބައިވެރިވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ