މިއީ ފިޔޯރީގައި އީދު ދުވަހު ކުލަ ޖެހުން މަނާ ކުރާ ދެވަނަ އަހަރެވެ. މިދިޔަ އަހަރުވެސް އެރަށުގައި އީދުގެ ކުލަ ޖެހުން އޮތީ މަނާ ކޮށްފައެވެ. މިކަން ފާހަގަކޮށް މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރަށުގެ ކުދި ބޮޑު އެންމެން މިކަމަށް އެއްބާރުލުން ދެއްވުމަށް ރަށު ކައުންސިލުން ވަނީ އެދިފައެވެ.
ފިޔޯރީ ކައުންސިލުން ވަނީ އެ ކައުންސިލުން އަންގާ މިފަދަ އެއްގުންތަކަށް ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މި ފަހަކަށް އައިސް އެކި އެކި އިވެންޓް ތަކުގައި ކުލަ ޖެހުމުގެ ހަރަކާތަކީ ދިވެހިންގެ ތެރޭގައި އާންމު ވަމުން އަންނަ ކަމެކެވެ.
އީދުގައި ކުލަ ޖެހުން ފިޔޮރީ ކައުންސިލުން މަނާކޮށްފި
އީދުގައި ކުލަ ޖެހުން ފިޔޮރީ ކައުންސިލުން މަނާކޮށްފި
ލިޔުން:
ފިތުރު އީދު ނުވަތަ ކުޑަ އީދު ފާހަގަކުރަން އެއްވެސް ހަރަކާތަކާ ގުޅުވައިގެން އެ ރަށުގައި ކުލަ ޖެހުމަކީ މަނާކަމެއް ކަމަށް ގ.ދ ފިޔޯރީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.
އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އީދާ ގުޅުވައިގެން ކުލަ ޖެހުން މަނާކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 115 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭއްވުނު 04 ވަނަ ދައުރުގެ 57 ވަނަ އާއްމު ޖަލްސާއިން ކަމަށެވެ.
ކައުންސިލުން ބުނީ، އެފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު މިކަމަކީ އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއްކަމަށް ފާހަންހަގަކުރާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
