
އީދު ބަންދުގައިވެސް ބޭންކްގެ ހިދުމަތް ލިބޭނެ
އީދު ބަންދުގައިވެސް ބޭންކްގެ ހިދުމަތް ލިބޭނެ
ލިޔުން:
ބޮޑު އީދާ ގުޅިގެން އަންނަ މަހުގެ 25 އިން 29 އަށް ސަރުކާރު ބަންދު ނަމަވެސް، އެ މަހުގެ 26 ވާ ހޯމަ ދުވަހު ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާންއެއްގައި ބުނީ، ބޭންކިން ހިދުމަތް ދެމުންދާނީ މިހާރެކޭ ވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.
އަދި އާންމުންނަށް އެ ދުވަހު ބޭންކިން ހިދުމަތުގެ (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށެވެ.
މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ 27 ޖޫން ވާ އަންގާރަ ދުވަހަށްކަމުން، ސަރުކާރުން ވަނީ ޖޫން މަހުގެ 25-26 އަކީ ވެސް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައެވެ. އީދު ދުވަހަކީ ޖޫން 28 ވަނަ ދުވަހެވެ.
އެހެންކަމުން ގާނޫނީ ގޮތުން ބަލާއިރު، ސަރުކާރު ބަންދު ދުވަސްތައް ފަސް ދުވަހަށް ވުރެ އިތުރުވިޔަސް ބޭންކްތައް ފަސް ދުވަހަށްވުރެ އިތުރަކަށް ބަންދުކޮށްފައި ނުބެހެއްޓޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
