މާލެ: 31°C

އީދުބަންދާ ގުޅުވައި ހަފްތާގެ ބާކީ ދުވަސްތައް ބަންދުކުރަން ނިންމަވައިފި

March 14, 2025
251 ފަހަރު ބަލާފައި
އީދުބަންދާ ގުޅުވައި ހަފްތާގެ ބާކީ ދުވަސްތައް ބަންދުކުރަން ނިންމަވައިފި
އީދުބަންދާ ގުޅުވައިގެން ހަފްތާގެ ބާކީ ދުވަސްތައް ބަންދުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ،މުއިއްޒު ނިންމަވައިފި އެވެ.

އީދުބަންދާ ގުޅުވައިގެން ހަފްތާގެ ބާކީ ދުވަސްތައް ބަންދުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ،މުއިއްޒު ނިންމަވައިފި އެވެ.

އެގޮތުން 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ ކަލަންޑަރުގައިވާ ގޮތަށް މިމަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، ވެއްޖެނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ނުވަތަ މާރިމިމަހުގެ 30 ވާ އާދީއްތަ ދުވަހަކީ، އީދު ދުވަސްކަމަށް ވެއްޖެނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ