
އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އަނިޔާވެރިވެފައިވާ ނަމަ އެކަމަށް މާފަށް އެދެން ޖެހޭނެ: ހުތުބާ
އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އަނިޔާވެރިވެފައިވާ ނަމަ އެކަމަށް މާފަށް އެދެން ޖެހޭނެ: ހުތުބާ
ލިޔުން:
އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއް ވެސް މީހަކަށް އަނިޔާވެރިވެވިފައިވާ ނަމަ އެކަމަށް މާފަށް އެދެން ޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު ގެ ހުތުބާ އަލި އަޅުވާލެވިފައިވަނީ ތައުބާގެ އަހަމިއްޔަތާއި އޭގެ ދައުރުގެ މައްޗަށެވެ.
އެގޮތުން ހުތުބާގައި ބުނެފައިވަނީ، ތައުބާވާ މީހާ އޭނާގެ ހިތުގެ އަޑިން ﷲ އަށް ފާފަފުއްސެވުމަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ ހިތުގެ އެދުން އޭނާގެ ދުލުން ފާޅުވާން ޖެހޭނެ ކަމަށާއި، ތައުބާވާ މީހާ އޭނާއަށް ކުރެވުނު ކުށްތަކާމެދު ދެރަވެ ހިތާމަ ކުރަން ޖެހޭނެކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
ތައުބާގެ ތެރޭގައި އެއްވެސް މީހަކަށް އަނެކުންގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ ނުވަތަ އަނިޔާވެރިވިފައިވާނަމަ އެކަމަކަށް މާފަށް އެދެން ޖެހޭނެ ކަމަށާއި އޭނާގެ ހައްގު އަދާކޮށް ހަލާސް ކުރަން ޖެހޭނެ ކަމުގައި ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.
ހުތުބާގައި ބުނެފައިިވާ ގޮތުން، ކޮންމެ މީހެއްގެ ވަށައިގެން އެތަށް ދުށްމަނުން ތަކެއް ވެއެވެ. އެ ދުށްމަނުން އެމީހެއްގެ އަމަލުތަށް އޭނާ އަށް ޒީނަތްތެރި ކޮށްދޭނެ ކަމަށާއި، ރިވެތި އަމަލުތަށް ހުތުރުކޮށްދޭނެ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
އެފަދަ ދުށްމަނުންނަކީ އަޅުތަކުންނަށް ޝަހުވަތްތަކަށް ގޮވާލާ ބައެއް ކަމަށާއި، ނުބައި ވެގެން ވާ އަމަލު ތަކުގެ ދަލުގައި ޖައްސަން މަސައްކަތްކުރާ ބަޔަކު ކަމުގައި ވެސް ހުތުބާ ގައިވަނީ ބުނެފައެވެ.
ހުތުބާ ގައި ބުނީ، އެފަދަ ދަޅަތަކަށް ހެއްލުންތެރި ވެގެން އުޙްރަވީ ހަޔާތް ކާމިޔާބު ނުކުރެވޭނެ ކަމަށާއި، ތައުބާވުން ލަސްކޮށްގެން ސަލާމަތް ތެރިކަމެއް ނުލިބޭނެ ކަމުގައެވެ.
" ނުބައިކަންތަށް ކޮށްކޮށް ތިއްބާ އެމީހެއްގެ ގާތަށް މަރު އައިސް ޙާޒިރު ވެއްޖެނަމަ، އެ ހިނދު ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޒާބު ތިމަން ރަސްކަލާންގެ ތައްޔާރު ކުރެއްވީމެވެ" މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގަވެއެެވެ.
އެހެން ކަމުން ގިނަ ގިނައިން ތައުބާވާ އަޅުތަކުން ކަމުގައި މީސް ތަކުން ވުމަށް ހުތުބާގައި ވަނީ ބާރު އަޅާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
