މާލެ: 31°C

އެއްލާލި ސިގިރެޓް ފޮށިން މަސްތުވާތަކެތި ފެނުނު މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

އެއްލާލި ސިގިރެޓް ފޮށިން މަސްތުވާތަކެތި ފެނުނު މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
September 8, 2024
2 ފަހަރު ބަލާފައި
އެއްލާލި ސިގިރެޓް ފޮށިން މަސްތުވާތަކެތި ފެނުނު މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
އެއްލާލި ސިގިރެޓް ފޮށިން މަސްތުވާތަކެތި ފެނުނު މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ. 3 ސެޕްޓެމްބަރ 2024 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ކ.މާލެ މއ.ސިޓީވިލާ ހަސަން ސިފާހް ގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަނީ 7 ފެބުރުއަރީ 2022 ވަނަ ދަވަހުގެރޭ ސައިޑް ލޯގަނޑު ނެތް ސައިކަލެއްގައި ދަނިކޮށް ފުލުހުން މަޑުކުރަން ބުނުމުން ހަސަން ސިފާހް އަތުގައި އޮތް ސިނގިރޭޓް ފޮށި އެއްލާލުމުން ޝައްކުކުރެވިގެން އެއްލާލި ސިގިރެޓް ފޮށި ބެލުމުން އޭގެ ތެރެއިން 9.3124 ޑައިމޯފިން ފެނިފައިވާތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެފައިވާކަމަށެވެ. އެހެންކަމުން މަސްތުވާ ތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަސަން ސިފާހް ޑައިމޯފިން ޓްރެފިކު ކުރުމުގެ ކުށުން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ހަސަން ސިފާހު އުމުރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އިތުރަށް އެ ހުކުމުގައިވަނީ ޖޫރިނަމާގެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށާއި އެ މައްސަލާގައި ހުކުމެއް ކުރުމުގެ ކުރިން ހަސަން ސިފާހު ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާ ތަންފީދު ކުރަންޖެހޭ ހުކުމަކީ ޖޫރިމަނާ އާއިއެކު 24 އަހަރާއި 11 މަސްދުވަހަށް ޖަލުގައި ބަންދުކުރުން ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ