މާލެ: 31°C

އެއްކޮށްލި ދެ އެޕާޓްމަންޓް ހުހެއް ނުކުރި

އެއްކޮށްލި ދެ އެޕާޓްމަންޓް ހުހެއް ނުކުރި
June 7, 2023
2 ފަހަރު ބަލާފައި
އެއްކޮށްލި ދެ އެޕާޓްމަންޓް ހުހެއް ނުކުރި
ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން އާބަންކޯ އިން ދިން މުއްދަތު ހަމަވި އިރުވެސް އެތަން ހުސްކޮށްފައި ނުވާކަން އެނގިއްޖެއެވެ.

ސޯޝަލް ހައުސިން ގަވައިދާާ ހިލާފުވެފައިވާތީ، އެދެއެޕާޓްމަންޓްގެ ވެރިފަރާތް ޖޫރިމަނާ ކުރުމުން ޖޫރިމަނާ ވެސް ދައްކާފައި ނުވާތީ، އެގްރިމެންޓް ބާތިލްކޮށް ތަން ހުސްކުރުމަށް ދެ ހަފްތާގެ މުއްދަތެއް ވަނީ ދީފައެވެ.

ނަމަ ވެސް މި މުއްދަތު ހަަމަވި އިރު އަދި ވެސް އެތަން ހުސްނުކުރާތީ އާބަންކޯއިން ދެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެކަމަށް ވަނީ ބުނެފައެވެ.

"ދެ ހަފުތާގެ ތެރޭގައި ތަން ހުސްކުރުމުގެ އިތުރުން މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވެސް ދީފައި ވާނީ " އާބަން ކޯ އިން ބުނެފައި ވެއެވެ.

އާބަންކޯގެ އޮފިޝަލަކު 'މިނިވަން' އަށް ވިދާޅުވެފައި ވަނީ، ތަން ހުސްނުކޮށްފިނަމަ، ދެން އޮންނަ އުސޫލެއްގެ ދަށުން އެތަނަށް ގޮސްގެން ވެސް ތަން ހުސްކުރާނެ ކަމަށެވެ. " އިތުރަށް ދެން އެފަރާތްތަކާ ފްލެޓް ހަވާލެެއް ނުކުރާނެ، އޮންނަ ގަވައިދުގެ ދަށުން އިއުލާން ކޮށްފަ، ފްލެޓް ހައްގުވާ އެހެން ފަރާތަކާ ދެން އެ ފްލެޓް ހަވާލުކުރާނީ" އާބަންކޯ އިން ބުނެފައިވެއެެވެ.

އެނގިފައިވާ ގޮތުގައި އެ ތަނުން އެއް ފްލެޓް ގެ ވެރިފަރާތަކީ "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފާރުު ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ. އޭނާ އަކީ ހިޔާ ފްލެޓް ގެ ކުލި ކުޑަކުރުމަށާއި ޓެކްސީ ޑްރައިވަރުންގެ އެކި ކަންކަމުގައި އަޑު އުފުލާ މީހެކެވެ. އާބަންކޯ އިން ބުނިގޮތުގައި އެ ފްލެޓްތަކަށް ކުލިވެސް ގަވައިދުން ދައްކާފައެއްނުވެ އެެވެ.

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން މި މަހުގެ ފަސްވަނަ ދުވަހު ޖޫރިމަނާ ކުރި އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނުމުން ދެ އެޕާޓްމަންޓުގެ ވެރިން އެއަށް އަމަލު ނުކުރި އެވެ. އަދި ކުރިން ހުރި ގޮތަށް ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެކަން ކޮށްފައެއްވެސް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ