މާލެ: 31°C

އެއްކޮށްލި ދެ އެޕާޓްމަންޓްގެ އެގްރިމެންޓް ބާތިލުކޮށް ތަން ހުސްކުރަން އަންގައިފި

އެއްކޮށްލި ދެ އެޕާޓްމަންޓްގެ އެގްރިމެންޓް ބާތިލުކޮށް ތަން ހުސްކުރަން އަންގައިފި
May 18, 2023
3 ފަހަރު ބަލާފައި
އެއްކޮށްލި ދެ އެޕާޓްމަންޓްގެ އެގްރިމެންޓް ބާތިލުކޮށް ތަން ހުސްކުރަން އަންގައިފި

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން މިއަދު ދީފި އެވެ.

އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް " މިނިވަން" އަށް ވިދާޅުވީ، ސޯޝަލް ހައުސިން ގަވައިދާާ ހިލާފުވެފައިވާތީ، އެދެއެޕާޓްމަންޓްގެ ވެރިފަރާތް ޖޫރިމަނާ ކުރުމުން ޖޫރިމަނާ ވެސް ދައްކާފައި ނުވާތީ، އެގްރިމެންޓް ބާތިލްކޮށްފައިވާ ކަމުގައެވެ.

"ދެ ހަފުތާގެ ތެރޭގައި ތަން ހުސްކުރުމުގެ އިތުރުން މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ވެސް ދީފައި ވާނީ " ނިއުޝާދު ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ، އެ މުއްދަތުގައި ފްލެޓް ހުސްނުކޮށްފިނަމަ އާބްންކޯއިން އެތަނަށް ދާނެކަމުގައެވެ. " އިތުރަށް ދެން އެފަރާތްތަކާ ފްލެޓް ހަވާލެެއް ނުކުރާނެ، އޮންނަ ގަވައިދުގެ ދަށުން އިއުލާން ކޮށްފަ، ފްލެޓް ހައްގުވާ އެހެން ފަރާތަކާ ދެން އެ ފްލެޓް ހަވާލުކުރާނީ" ނިއުޝާދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެ ތަނުން އެއް ފްލެޓް ގެ ވެރިފަރާތަކީ "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފާރުު ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ. އޭނާ އަކީ ހިޔާ ފްލެޓް ގެ ކުލި ކުޑަކުރުމަށާއި ޓެކްސީ ޑްރައިވަރުންގެ އެކި ކަންކަމުގައި އަޑު އުފުލާ މީހެކެވެ. އާބަންކޯ އިން ބުނިގޮތުގައި އެ ފްލެޓްތަކަށް ކުލިވެސް ގަވައިދުން ދައްކާފައެއްނުވެ އެެވެ.

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން މި މަހުގެ ފަސްވަނަ ދުވަހު ޖޫރިމަނާ ކުރި އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނުމުން ދެ އެޕާޓްމަންޓުގެ ވެރިން އެއަށް އަމަލު ނުކުރި އެވެ. އަދި ކުރިން ހުރި ގޮތަށް ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެކަން ކޮށްފައެއްވެސް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ