މާލެ: 31°C

އެއް ނެޓްވޯކަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭ "ވަންގަވް" އިފްތިތާހްކޮށްފި

އެއް ނެޓްވޯކަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭ "ވަންގަވް" އިފްތިތާހްކޮށްފި
July 10, 2023
2 ފަހަރު ބަލާފައި
އެއް ނެޓްވޯކަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭ "ވަންގަވް" އިފްތިތާހްކޮށްފި
ސަރުކާރުގެ ހިދުމަތްތައް އެއް ވިއުގައަކުން ލިބޭގޮތަށް ތަޢާރަފްކުރި "ވަންގަވް"  ނިޒާމް އިފްތިތާހްކޮސްފި އެވެ. ސަލްޓަންޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަންގަވް އިފްތިތާހް ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ "ވަންގަވް" ގެ ހިދުމަތާ އެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން އެ ނިޒާމަކީ ޒަމާނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ސަރުކާރުގެ ހިދުމަތްތައް ލިބޭނެ ވަރަށް ފަސޭހަ ނިޒާމެއްކަމަށާއި، ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގެ އިދާރީ މިވިއުގައަކީ ހުރިހާ ވުޒާރާތަކާއި އެހެން އިދާރާތަކާއި ހުރިހާ ކައުންސިލްތައް ހިމެނޭ ވަރަށް ފުޅާ ވިއުގައެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ޢަދަދު އެތައް ސަތޭކައަކަށް އަރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމަށެވެ. "މިސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ދިވެހި ސަރުކާރުގެ ފަރާތުން އެމީހަކު ހޯދަން ބޭނުންވާ ޚިދުމަތެއް އެމީހަކު ހުރިތަނަކުން އެމީހެއްގެ އިނގިލި ކުރިއަށް ތިލަވެގެން އައުން. ރާއްޖެކަހަލަ ގިނަ އަތޮޅުތަކެއްގެ އަދި އެއަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ރާއްޖެއަކަށް ޑިޖިޓަލް ސަރުކާރެއްގެ މުހިންމުކަން ވަރަށް ބޮޑު. ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް ބަލާއިރުވެސް ޑިޖިޓަލް ސަރުކާރެއްގެ ބޭނުންތެރިކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ބޮޑު." ރައީސް ސޯލިހު ވިދާޅުވިއެވެ. "ޒަމާނުންފެށިގެން ކަން ހިނގަމުން އައިގޮތަކީ ސަރުކާރުގެ އޮފީހުން ހިދުމަތެއް ހޯދަން ބޭނުންވެއްޖެނަމަ ކަނޑު ހުރަސްކޮށް ވެރިރަށް މާލެއަށް ދަތުރުކުރަން ޖެހުން. މާލެ އާދެވޭނެ ގޮތެއް ނެތިއްޖާ ހިދުމަތް ނުހޯދާ ހުރުން. އަދި ހިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް ގިނަވަގުތު ކިއުގައި މަޑުކުރަންޖެހުން. އެ ހުރިހާ ތަކްލީފެއް އުފުލަންޖެހޭއިރު ބޭނުންވާ ހިދުމަތާގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތު އެއްތަނަކުން ލިބޭކަަށް ނުހުރޭ. ހިދުމަތެއް ހޯދުމަށްޓަކައި ފޯމެއް ފުރައި އެތައް ލިޔުމެއް ކަރުދާހަށް ޕްރިންޓްކޮށް ހުށައަޅަން ޖެހުމަކީވެސް ރައްޔިތުން އުފުލަމުން އަންނަ މަޖުބޫރުވީ ޒިންމާއެއް. އެތަކްލީފްތަކަށް އަޅުގަނޑުމެން މިހޯދައިދޭ ހައްލަކީ ވަންގަވް." ރައީސް ސޯލިހު ވިދާޅުވިއެވެ. އެއްވިއުގައަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ލިބޭނެ ވަންގަވްގެ ސަޕޯޓް ސެންޓަރުތަކެއް ރާއްޖޭގެ 3 ސަރަޙައްދެއްގައި ވަނީ ގާއިމްކޮށްފައެވެ. އެއީ މާލެސިޓީއާއި އައްޑޫސިޓީއާއި ފުވައްމުލައް ސިޓީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ