"މީގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއިން ނުކުމެގެން ގޮސް ވީނުވީއެއް އަޅުގަނޑުމެންނަށް، ފުލުހުންގެ ހިދުމަަތަށް ހުށަހެޅިގެން ހޯދޭ ކުދިން. އެގޮތުން އެއް ކުއްޖަކު 11 ފަހަރު ދެވަނަ ކުއްޖަކު ހަތަރު ފަހަރު، 2021 އާއި 2022 އަށް އެކަނި ބެލިކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ،" ހަމީދު ވިދާޅުވި އެވެ.ސީޕީ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުން ގެއްލުމުގެ މައްސަލަތައް ވެސް ފުލުހުންނަށް ދޭތެރެދޭތެެރެއިން ހުށަހަޅަ އެވެ. އެފަދަ ބައެއް މައްސަލަތައް، މީހުން ގެއްލުމުގެ މައްސަލައެއްގެ ގޮތުގައި ރެކޯޑްކުރުމުގެ ކުރިން އެމީހުން ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއަށް ވުރެ ވަގުތު ދިގުލައިގެން ދިއުމުން މިދިޔަ އަހަރު ވެސް 35 މައްސަލައެއް ރިކޯޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ޕޮލިސް ކަމިޝަނަރާއި ފުލުހުންގެ އިސް ބައެއް އެހެން އޮފިސަރުން ވަޑައިގެންނެވީ އައްޑޫ މަރަދޫފޭދޫ ، ގަސްކަރަ މުހައްމަދު އާސިރު އިސްމާއީލާއި އއ. މަތިވެރި، ރިވެލި ހަސަން އަލީ ގެއްލިގެން ރިޕޯޓްކުުރުމުން އެ ދެމީހުން ހޯދަން ފުލުހުން ކުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވުމަށެވެ.

އެއްކުއްޖަކު 11 ފަހަރު ގެއްލިގެން ހޯދަން ޖެހުނު: ސީޕީ
އެއްކުއްޖަކު 11 ފަހަރު ގެއްލިގެން ހޯދަން ޖެހުނު: ސީޕީ
ލިޔުން:
މީހުންނާއި ކުދިން ގެއްލުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަަށް އައިސް ވަަރަށް ގިނަވެފައިވާ ކަމަށާއި ބައެއް ކުދިން ތަކުރާރުކޮށް ގެއްލޭ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމިޝަނާ އޮފް ޕޮލިސް މުަހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިން ގެއްލުމުގެ މައްސަލަތައް މިދިޔަ ދެ އަހަރު ތެރޭގައި 63 ފަހަރަކު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ ކޭސްތަކުގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި 32 ކުއްޖެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
