ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަން އިން ބުނެފައިވާގޮތުގައި، އެ ދޯނިން ވަނީ އެއް ދަތުރެއްގައި 16.3 ޓަނުގެ ކަންނެލި ބާނައިފައެވެ. މީގެތެރެއިން 13 ޓަނު ކިރާފައިވަނީ ބިގް ފިޝްއަށެވެ. އަދި ބާކީ ރިޖެކްޓް ކަންނެލިީގެ ގޮތުގައި ހުޅުމާލެއަށް ކިރާފައިވާކަމަށް ކަންނެލި ޔޫނިއަނުން ބުނެއެވެ.
ޓޫނާ-3 ދޯނިން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ރިކޯޑް ހެދީ މީގެ ދެދުވަސް ކުރިން އެއްދަތުރުން އެންމެ ގިނަ ކަންނެލި ބާނައިގެން ފީއަލީ ބަންދަރީ ދޯނިން ރިކޯޑް ހެދިތާ 2 ދުވަސް ފަހުންނެވެ. ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނައިގެން ކަންނެލި ކިރާފައިވަނީ އެންސިސް އަށެވެ.16.3 ޓަން ގެ ކަންނެލި ބާނާ ބީ.ކޭ.އެމް.ޔޫ ގެ މެންބަރ ދޯނި އދ. މަހިބަދޫ ޓޫނާ 3 މިހާތަނަށް އެއް ދަތުރަކަށް އެންމެގިނަ ކަންނެލި ބޭނި ދޯނީގެ ރެކޯޑް ހޯދައިފި. ކެޔޮޅު އަމީން އަށާއި ފަޅުވެރިންނަށް މަރުޚަބާ! pic.twitter.com/odLkCHNbPA
— Bodu Kanneli Masveringe union- BKMU (@FishermensUnion) March 9, 2023







