މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތެއް ބަދަލުކުރުމަށް ހަމަޖައްސާފައިވަނީ އެމްއެފްއެމްސީގެ ދަށަށެވެ. އަދި އެގްރޯނެޓް އުވާލުމަށްފަހު އެ ކުންފުނިން ކުރަމުންއައި މަސައްކަތްތައް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ އެވެ.
އަދި އޭގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ވެސް ވަނީ އެއްކޮށްލުމަށް ނިންމާފައެވެ.
އެގްރޯނެޓާއި އެމްއައިޓީޑީސީ އުވާލަން ސަރުކާރުން ނިންމައިފި
އެގްރޯނެޓާއި އެމްއައިޓީޑީސީ އުވާލަން ސަރުކާރުން ނިންމައިފި
ލިޔުން:
ދައުލަތުގެ ޙަރަދުތައް ކުޑަކުރުމަށް އަޅަމުންގެންދާ ފިޔަވަޅު ތަކުގެ ތރެއިން ދައުލަތުގެ 2 ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އުވާލަން ނިންމާފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި އެގްރޯނެޓް ކޯޕަރޭޝަން އެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަކީ މެދުފަންތީގެ ފަތުރުވެރިކަން ކުރިއަރުވުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ލ.އަތޮޅު ބަރެސްދޫގައި އިންޓަރގްރެޓެޑް ޓޫރިޒަމް ފުޅާކުރުމަށްޓަކައި އެރަށުން ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށްޓަކައި 2017 ވަނަ އަހަރު ބިން ދޫކޮށްފައެވެ.
އަދި އެގްރޯނެޓް ކޯޕަރޭޝަން އަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓުކޮށް ދަނޑުވެރިކަން ކުރިއެރުވުމަށްޓަކއިއުފައްދާފައިވާ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
