މާލެ: 31°C
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި

January 4, 2024
3 ފަހަރު ބަލާފައި
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފި
ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީ މަގާމުން ސަސްޕެންޑްކޮށްފިއެވެ. އޭނާ އިއްޔެ ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެންކަން އެނގިފައިވެއެވެ. އެގޮތުން، މުސާރަ ހިންގާ ގޮތަށް އޭނާ މަސް ދުވަހަށް ސަސްޕެންޑުކޮށްފައިވާއިރު، އިތުރު އެހެން ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އައްޑޫ ހިތަދު އަށް ނިސްބަތްވާ އަހުމަދު އަލީ، އެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހުގައެވެ. ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގައި އޭނާގެ ދައުރު ހަމަވާން ބާކީ އޮތީ ފަސް މަސް ދުވަހެވެ. ޕީއެސްގެ އިތުރުން އޭނާ ވަނީ ސްކޫލް ހިންގުމުގެ ދާއިރާ އާއ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެމްބަރުކަން ވެސް ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ