މާލެ: 31°C

އެޑިއުކޭޝަން މިނިސްޓަރަށް ނަޝީދުގެ އާދަޔާ ހިލާފު ޝަކުވާއެއް!

January 11, 2023
2 ފަހަރު ބަލާފައި
އެޑިއުކޭޝަން މިނިސްޓަރަށް ނަޝީދުގެ އާދަޔާ ހިލާފު ޝަކުވާއެއް!
އެޑިއުކޭޝަން މިނިސްޓަރަށް ނަޝީދުގެ އާދަޔާ ހިލާފު ޝަކުވާއެއް!
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މުޅިން ތަފާތު ތުހުމަތަކާއި ޝަކުވާއެއް ކުރައްވައިފި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ބ. ހިތާދޫގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ ވަގުތާ ދިމާވާ ގޮތަށް ސްކޫލްތަކުން އަންނަނީ ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް ރާވަމުންނެވެ. އެއީ ވަރަށް ހެއްވާ ކަމެއް ކަމަށާއި "މަދުރަސާއެއްގެ ނާޒިރަކު ހީލަތްތެރިކަމާ އެކު އެފަދަ ކަމެއް ކޮށްފިއްޔާ" ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑު ރަށްރަށަށް ދާއިރުގައި އެޑިއުކޭޝަން މިނިސްޓްރީން އެބަ ޕޭރެންޓް-ޓީޗާ މީޓިން ބާއްވާ، އަޅުގަނޑު އަރާ ކޮންމެ ގަޑިއެއްގައި. މިއަށް ވުރެ ހެއްވާ ކަމެއް މިކަމަކު  ނެތް. ކޮންމެ ރަށެއްގައި ކުއްލިއަކަށް ޕޭރެންޓީޗާ މީޓިން އެއް ބާއްވަން އެބަ ޖެހޭ، އެއީ އަޅުގަނޑު ރަށަކަށް އަރާތީ،" ނަޝީދު ތުހުމަތުކުރެއްވި އެވެ. ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި ސްކޫލްތަކުން އެގޮތަށް ކަންތައް ކުރަނީ ސިޔާސީ ހަރަކާތަކަށް ހުރަސް އެޅުމަށެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނުގެ ޝަކުވާ އަކީ ރަށްރަށަށް ވަޑައިގެން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުވުމެވެ. އެގޮތަށް އަދަދު މަދުވަނީ ޕޭރެންޓް ޓީޗާ މީޓިން އޮންނާތީ ކަމަށް އެރަށްރަށުގެ ހަރަކާތްތެެރިން އެމަނިކުފާނަށް މައުލޫމާތު ދީފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ސިޔާސީ ހަރަކާތްތަކަށް ސްކޫކްތަކުން އެގޮތަށް ހުރަސް އަޅާ ނަމަ، "ޖެހޭނީ އިހުތިޖާޖުކުރަން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ، "އަޅުގަނޑު އެޑިއުކޭޝަން މިނިސްޓަރަށް ގޮވައިލަން، ދަންނަވަން، އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ކަމަނާގެ ޑިޕާޓްމަންޓްތަކުން، މަދަރުސާތަކުން ހުރަސް އަޅަމުން ގެންދާ ކަމަށް ވަނީ ނަމަ، އެކަމުގެ އިހުތިޖާޖު އަޅުގަނޑުމެން ޖެހޭނީ ކުރާށޭ. މިކަން ހަމަ މިހާރުން މިހާރަށް ހުއްޓަވައިލައްވާށޭ،" ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ކަންތައް ކޮށްފައިވާ ޕްރިންސިޕަލުންނަށް ފިޔަވަޅު އަޅަން ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ