މާލެ: 31°C

އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

January 30, 2025
147 ފަހަރު ބަލާފައި
އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުށީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއަކީ ރާއްޖެއަށް އަދި ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަޝްރޫއެއްކަމަށެވެ.

އަޅުގަނޑުމެން ކަންކަން ކުރާނީ ހަގީގީ މާނާގައި ޑެލިވަރީކޮށް ނަތީޖާ ނެރުމަށް. އިރާދަކުރެއްވިއްޔާ މިސަރަހައްދަށް، މިރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ މަޝްރޫޢުއަކަށް މި މަޝްރޫ ވާނެކަމީ އަޅުގަނޑު ޔަޤީންކުރާކަމެއް.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީ ތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމް ތަރައްޤީ ކުރުމާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ތަރައްގީ ކުރުން ހިމެނެ އެވެ. މި މަޝްރޫ ހިންގަން ނިންމާފައިވާ ސަރަހައްދަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް މުއިއްޒު ވަނީ ނިންމާފަ އެވެ.

މި މަޝްރޫއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ވަޒީފާގެ އެތަށް ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ