މާލެ: 31°C

ޒާހިދު ރައީސް ކަމަށް، ސޮލާހު ނައިބަކަށް އައްޔަން ކުރަން ރުހުންދީފި

February 17, 2025
129 ފަހަރު ބަލާފައި
ޒާހިދު ރައީސް ކަމަށް، ސޮލާހު ނައިބަކަށް އައްޔަން ކުރަން ރުހުންދީފި
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ މަޖިލީހުގެ ރުހުމާއެކު ރައީސަށެވެ. މި ދެ ބޭފުޅުންގެ ނަމަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގަ އެވެ. މި ދެ ބޭފުޅުނ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ މަޖިލީހުގެ ރުހުމާއެކު ރައީސަށެވެ. މި ދެ ބޭފުޅުންގެ ނަމަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގަ އެވެ.

މި ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރަން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ދެ ބޭފުޅުންނަށް ރުހުން އޮތް ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެމްބަރަކަށް ޒާހިދާއި ސޮލާހު އައްޔަން ކުރެއްވީ މިދިޔަ މަހު އެވެ.

ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގައި ކުރިން ވެސް މަސައްކަތް ކުރެއްވި ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ