އިލެކްޝަންސް ގެ ރައީސް ގެ މަޤާމަޤާމަށް އައްޔަނު ކުރުމަށް އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު އަދި ނައިބް ރައީސް މަޤާމަށް އައަޔަނުކުރުމަށް އެ ކޮމިޝަނަށް ޖެނުއަރީމަހު އައްޔަނުކުރި މެމްބަރ އަބްދުއްރަހްމާން ސޮލާހު ރަޝީދު ގެ ނަން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން އޮޅުވާލުމާއި އިންތިހާބުގެ ޑޭޓާބޭސް އިން އެޕްލިކޭޝަން ހަދައިގެން، އެ ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއްކޮށް ޑރ. ޒާހިރު އެ ކޮމިޝަނުގެ މެމްބަރު ކަމުން ވަކިކުރުމަށް މަސައްކަތްކުރުމަށްފަހު މަޖިލީހުން ވަނީ ޒާހިރު ވަކި ނުކުރުމަށް ނިންމާފައެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވުނު އެ ކޮމިޝަނުގެ ނައިބްރައީސް ނަޝާތު އާއި އަނެއް މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފގެން މެމްބަރުކަމުން ވަކޮކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ނައިބްރައީސް އައްޔަނުކުރުމާ ގުޅޭގޮތުން ޤާނޫނަށް ގެނެސް ފައިވާ ބަދަލާއެކު އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށް ދީފަ އެވެ. އެގޮތުން ރައީސަކަށް ޒާހިރު، އަދި ނައިބަކަށް ސޮލާހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ޖަލްސާގައި އިއްވި އެވެ.
ޑރ. ޒާހިރު އަކީ 2011 އިން ފެށިގެން އެކޮޟިޝަނުގެ އެކި މަޤާމުތައް އަދާކުރައްވަމުން އައިސްފައިވާ ބޭފުޅެކެވެ.







