މާލެ: 31°C

އީސީގެ މެމްބަރުކަމަށް ރައީސް ހުށަހެޅުއްވީ އަނެއްކާ ވެސް ނަޝާތު

އީސީގެ މެމްބަރުކަމަށް ރައީސް ހުށަހެޅުއްވީ އަނެއްކާ ވެސް ނަޝާތު
May 29, 2023
2 ފަހަރު ބަލާފައި
އީސީގެ މެމްބަރުކަމަށް ރައީސް ހުށަހެޅުއްވީ އަނެއްކާ ވެސް ނަޝާތު
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އއ. ފެރިދޫ، ހާލި، އަލީ ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އަލުން އެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ނަޝާތުގެ މެންބަރުކަމުގެ ދައުރު ހަމަވާތީ އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިމަހު ހުޅުވާލި އެވެ. އަލީ ނަޝާތުގެ މެންބަރު ކަމުގެ ދައުރު ހަމަވާނީ ޖުލައި 25 ވަނަ ދުވަހު އެވެ.އީސީގެ މެންބަރު ކަމަށް އަލީ ނަޝާތު އައްޔަންކޮށްފައިވަނީ ޖުލައި 25، 2018ގަ އެވެ. އިއުލާނާ ގުޅިގެން އީސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ސޯލިހް އިސްކަން ދެއްވާފައިވަނީ ނަޝާތު އަށެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:
  • ޒީނާ ޒާހިރު / އަތިރީގެ، ގދ. ގައްދޫ
  • މުހައްމަދު ޝާފިއު / ޝަރުތު، ބ. ތުޅާދޫ
  • މުހައްމަދު ޝިހާބު / ހޯދަޑު، ރިހިދޫލަގެ، ޏ. ފުވައްމުލައް
  • އާމިނަތު ހަސަން / މ. މިރުސްގަސްދޮށުގެ
  • ހަދީޖާ ނައީމް / މ. ރަންވަރަ
  • މުހައްމަދު ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
  • އަލީ މުހައްމަދުމަނިކު / ދަފްތަރު ނަންބަރު ރސ. 1851
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ