އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އީސީއަށް މެމްމަބަރަކު އައްޔަނުކުރަން ޖެހެނީ، މިހާރުގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެމްބަރުކަމުގެ ދައުރު އަންނަ މެއި މަހު ނިމޭތީއެވެ.
އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަނު ކުރުމާ މެދު މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވިއެެވެ.
އީސީއަށް ހަސަން އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށްޓަކާ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.







