މާލެ: 31°C
ދުންފަތާއި ސިގިރެޓްގެ ޑިއުޓީ 2 ގުނަ ކުޑަކޮށްފި

ދުންފަތާއި ސިގިރެޓްގެ ޑިއުޓީ 2 ގުނަ ކުޑަކޮށްފި

1 ޖުލައި 2026
2093 ފަހަރު ބަލާފައި
ސިގިރޭޓާއި ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިގިރޭޓާއި ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސިގެރެޓާއި ދުންފަތުގެ ޑިއުޓީ ކުޑަކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހުގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުންނެވެ.

ސަރުކާރުގެ ފަރާތުނއ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ.

މިދިޔަ ޖޫން މަހު ހުށަހެޅި މި ބިލުގައިވާ ގޮތުން ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަވާނެ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން މި ބިލު ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ. އަދި މުޅި މަޖިލިސް ހިމެނޭ ކޮމެޓީން މި ބިލުވަނީ ސަރުކާރުން ހުށަހެޅިގޮތަށް ފާސްކޮށްފައެވެ. އެއަށްފަހު އެ ބިލު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު ފާސްކުރި މި ބިލު ރައީސް ތަސްދީގުކުރައްވާތާ 30 ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ