މާލެ: 31°C

ދުބާއީ ކުންފުންޏަކުން އިހަވަންދިއްޕޮޅުގައި 600 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫޢުއެއް ހިންގަނީ

January 25, 2025
775 ފަހަރު ބަލާފައި
ދުބާއީ ކުންފުންޏަކުން އިހަވަންދިއްޕޮޅުގައި 600 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫޢުއެއް ހިންގަނީ
ދުބާއީގެ އެންމެ ބޮޑު ރިއަލްއެސްޓޭޓް ކުންފުނި، ސަމާނާ ޑެވެލޮޕާސް އިން އިހަވަންދިއްޕޮޅުގައި 600 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫއުއެއް ހިންގަން ނިންމައި އެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ. 

 

ދުބާއީގެ އެންމެ ބޮޑު ރިއަލްއެސްޓޭޓް ކުންފުނި، ސަމާނާ ޑެވެލޮޕާސް އިން އިހަވަންދިއްޕޮޅުގައި 600 މިލިއަން ޑޮލަރުގެ ޓޫރިޒަމް މަޝްރޫއުއެއް ހިންގަން ނިންމައި އެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ. 

އެކުންފުނިން ބުނެފައިވަނީ އެ ކުފުނިން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މެދަފުށި ޓޫރިސްޓް ރިސޯޓް ހިންގާނީ ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް އެލީ ސާބްއާ ގުޅިގެން ކަމަށާއި އެ މަޝްރޫޢު ދުބާއީގެ މަދީނަތު ސަރަހައްދުގައި މިދިޔަ ހަފުތާގައި އޮތް ރަސްމިއްޔާތެއްގައި ލޯންޗްކޮށްފައިވާކަމަށެވެ. އެކުންފުނިން ބުނެފައިވަނީ އެ ރިސޯޓް ތަރައްގީކުރަނީ 190 ލަގްޒަރީ ރެސިޑެންސް އާއި ބީޗްފްރަންޓް ވިލާތަކާއި، ޕޫލްސައިޑް އެފާޓްމަންޓް ތަކާއި، ސްޕާ އާއި ވެލްނެސް ސެންޓަރަކާއި، އަރަބި އަދި ޖަޕަނީސް ރަހަތަކަށް ހާއްސަ ރެސްޓޯރެންޓާއި، މޫދުކުޅިވަރާއި ޑައިވިން އަދި ފިޓްނަސް ސެންޓަރ ތައް ވެސް ހިމެނޭ ގޮތައް ކަމަށެވެ.

މެދަފުއްޓަކީ ހޯރަފުށީގެ ފަޅުތެެރޭގައި އެރަށުން ފުރައިގެން 5 މިނެޓްން ދެވޭ ދުރުމިނުގައި އޮންނަ ރަށެކެވެ. އަދި ޗަމާނާ ކުންފުނީގެ ސީއީއޯ އިމްރާން ފާރޫގު ވިދާޅުވެފައިވަނީ އެ ކުންފުނިން ތަރައްގޯކުރާ ރިސޯޓަށް މާލެއިން ސީޕްލޭނުގައި 45 މިނެޓްން ދެވޭނެ ކަމަށާއި އެ ޕްރޮޖެކްޓަކީ އެ ކުންފުނީގެ ސްޓްރެޓެޖިކް ދުރުވިސްނުމުގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށާއި، އެ ކުންފުނި މިހާރު އެއްމެ ބޮޑު 7 ޑިވެލޮޕްރަުންގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ