މާލެ: 31°C

"ޑްރަގް ރިހެބިލިޓޭޝަނަށް މުވައްޒަފުންނެއް ނެތް، ފެނަކައަށް، ރޯޑަށް މީހުން ނެގޭ"

"ޑްރަގް ރިހެބިލިޓޭޝަނަށް މުވައްޒަފުންނެއް ނެތް، ފެނަކައަށް، ރޯޑަށް މީހުން ނެގޭ"
April 3, 2023
2 ފަހަރު ބަލާފައި
"ޑްރަގް ރިހެބިލިޓޭޝަނަށް މުވައްޒަފުންނެއް ނެތް، ފެނަކައަށް، ރޯޑަށް މީހުން ނެގޭ"
މަސްތުވާތަކެތިން މީހުން ސަލާމަތްކުރުމަށް ޓަކައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ބޭނުންވާ މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތީ، ދައުލަތުގެ ޝައުގުވެރިކަން އެކަމަށް ކުޑަވީމާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހީމް މިއަދު ތުހުމަތުކުރައްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ދައުލަތަކުން ކަމެއް ކުރަން ޝައުގުވެރިވީމާ ކަން ވާ ގޮތް އެބަ ފެންނަ ކަމަށާއި ފެނަކަކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގައި ވަޒީފާ އިތުުރުކުރާ ގޮތަކީ އޭގެ  މިސާލެއް ކަމަށެވެ. އެ ދެ ކުންފުނީގެ ވަޒީފާތައް އިތުރުވާ ގޮތް އޭނާ ސިފަކުރެއްވީ ވަޒީފާ އުތުރި އެރުމުގެ ގޮތުގަ އެވެ. "ބަޔަކަށް ވަޒީފާ ދޭންވީމާ ފެނަކައާއި ރޯޑް ކޯޕަރޭޝަނުން ވަޒީފާތައް ،އެތުރެމުން، އުތުރެމުން އަރައިގެން އަންނަ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ،" ގާސިމް ވިދާޅުވި އެވެ. އެހެން ނަމަވެސް ޑްރަގުން މީހުން ސަލާމަތްކުރުމުގެ ނުވަތަ ރިހެބިލިޓޭޝަން ދާއިރާގައި ހިދުމަތްދޭނެ ޑޮކްޓަރުންނާއި ނަރުހުން އަދި ކަމާ ބެހޭ އެހެނިހެން މާހިރުން ނެތިގެން އުޅޭ ކަމަށާއި އެއީ އެ ދާއިރާއަށް ގައުމުގެ (ސަރުކާރުތަކުގެ) ޝައުގުވެރިކަން އޮތް ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ ދާއިރާތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން އަދި ކޮންމެ ކަމެއް ނަމަވެސް ނެތިގެން ދާ ދިއުމުން، އެއިން މި ފެންނަނީ ގައުމުގެ ޝައުގުވެރިކަން ހުރި މިިންވަރު،" ގާސިމް ވިދާޅުވި އެވެ. ގާސިމް މިމޭރުމުން ވާހަކަ ދެއްކެވީ ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމު ބަދަލުކުރަން ސަރުކާރަށް ގޮވާލައި، ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން  ލަތީފު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން، ދެކޮޅު ހައްދަވަމުން ގެންދަވާ އެ ގަރާރަށް ގާސިމް މިއަދު ތާއީދު ކުރެއްވި އެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ