މާލެ: 31°C

ޑްރަގް މީހުންނަށް ފަރުވާދޭން ބޭރުގެ ފަރާތްތަކަށް ހުޅުވައިލަން ގޮވައިލާ ގަރާރެއް ހުށަހަޅައިފި

February 18, 2023
2 ފަހަރު ބަލާފައި
ޑްރަގް މީހުންނަށް ފަރުވާދޭން ބޭރުގެ ފަރާތްތަކަށް ހުޅުވައިލަން ގޮވައިލާ ގަރާރެއް ހުށަހަޅައިފި
ޑްރަގް މީހުންނަށް ފަރުވާދޭން ބޭރުގެ ފަރާތްތަކަށް ހުޅުވައިލަން ގޮވައިލާ ގަރާރެއް ހުށަހަޅައިފި
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތްކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށް ޓަކައި އެމީހުންނަށް ފަރުވާ ދިނުމުގެ ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަަކަށް ހުޅުވައިލުމަށާއި އެ ދާއިރާގެެ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ސަރުކާރަށް ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދޭނެ އިތުބާރު ހުރި ނިޒާމެއް ސަރުކާރުން ގާއިމްކުރަން ޖެހޭ ކަމަށާއި އެކަން އަމިއްލަ ފަރާތްތަކަށް ވެސް ހުޅުވައިލަން ޖެހޭ ކަމަށެވެ. އެކަމަށް މިހާރު ރާއްޖޭގައި ހުރި މަރުކަޒުތަކުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "...ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަން ޖެހެ އެވެ. ވަކީން ހާއްސަކޮށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ފަރާތްތަކަށް، ރާއްޖޭގައި ފަރުވާ ދިނުމުގެ ފުރުސަތު ހުޅުވައިލަން ޖެހެ އެވެ،" ގަރާރުގައި ހަސަން ލަތީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދޭ މަރުކަޒުތައް ހިންގުމުގެ ފުރުސަތު ރާއްޖޭގެ އަމިއްލަ ފަރާތްތަކާއި ބޭރުގެ ފަރާތްތަކަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވައިލާ، އިރު އެ ފަރާތްތަކަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އެކުލަވައިލާ ޑްރަގް ޓްރީޓްމެންޓް ގައިޑްލައިންތަކާ އެއްގޮަތަށް ފަރުވާ ދޭ ފަރާތްތައްކަން ކަށަވަރުކުރަން ޖެހެ އެވެ. މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދިނުން އެގޮތަށް ހުޅުވައިލުމަށް ޓަކައި ސަރުކާރުގެ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލު ގެނައުން ލަސްވެފައިވާ ކަމަށް ތުހުަމަތުކުރައްވައި އޭނާ ގޮވައިލެއްވީ އެ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރުމަށެވެ. "...މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ނިޒާމަށް މިހިނދުން މިހިނދަށް ބަަދަލު ގެނެސް، ފަރުވާ ލިބެން ޖެހޭ އެތައް ބަޔަކަށް ފަރުވާ ނުލިބުމުގެ ސަބަބުން އެމީހުން މުޖުތަމައުން ބާކީވަމުންދާ ދިއުން ހުއްޓުވުމަށް ޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން  މިގަރާރު ހުށަހަޅަމެވެ،" ގަރާރުގައި ހަސަން ލަތީފު ވިދާޅުވި އެވެ. ޑްރަގް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވައިލަން އޭނާ މީގެ ކުރިން މަޖިލީހުގެ ބައެއް ޖަލްސާތަކުގައި ވެސް ގޮވައިލެއްވި އެވެ. މިފަހަރުގެ ގަރާރު އޭނާ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވާއިރު، އެ ގަރާރު މަޖިލީހުގެ ތަޅުމަށް އެޖެންޑާކުރާނެ ދުވަހެއް އަދި ނޭނގެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ