"މިކަމުގެ ސަބަބުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވޯކްތަކުން ރާއްޖެއަކީ އެ ވިޔަފާރީގެ މަންޒިލަކަށް ހަދައި، ދައުލަތާއި ރައްޔިތުން ނުރައްކަލުގެ ތެރެެއަށް ވައްޓައިލުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ،" ކުއްލި މައްސަލައިގައި ހަސަން ލަތީފު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުމަކީ އަދި އެކަމަށް އެއްވެސް ސިފައެއްގައި އެހީތެރިވުމަކީ 18 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެއްގެ ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި އޮތް އިރު، އެކަން ނަފީވާ ގޮތަށް ގަވައިދެއް ހަދައި ތަންފީޒުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ގަވައިދުގައިވާ، ގާނޫނާ ހިލާފު އެފަދަ ބައިތައް އުނިކުރަން ކުއްލި މައްސަލައިގައި އޭނާ ގޮވައިލެއްވި އެވެ.
ޑްރަގް ގެންނަ މީހުން އަނބުރާ ފޮނުވައިލާ ގަވައިދާ ދެކޮޅަށް ކުއްލި މައްސަލަައެެއް

ޑްރަގް ގެންނަ މީހުން އަނބުރާ ފޮނުވައިލާ ގަވައިދާ ދެކޮޅަށް ކުއްލި މައްސަލަައެެއް
ލިޔުން:
ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ރާއްޖެއަށް އެތެރެވިޔަ ނުދީ އަނބުރައި ފޮނުވައިލެވޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހެދި ގަވައިދުގެ ބައެއް ބައިތައް ގާނޫނާ ހިލާފު ކަމަށް ތުހުމަތުކުރައްވައި، ގަވައިދުގެ އެބައިތައް އުވައިލަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ތުހުމަތުކުރެއްވި ގޮތުގައި "ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު" ގެ ނަމުގައި ގެޒެޓްކޮށްފައިވާ ގަވައިދަކީ ބިދޭސީންނަށް ފަސޭހައިން މަސްތުވާތަކެތީގެ ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައިވާ ގަވައިދެކެވެ. އަދި އެއީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައިވާ ގަވައިދެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
[embed]https://minivan.mv/79250/[/embed]
މޯލްޑިވްސް އިމިގްރޭޝަނުން މިމަހުގެ ހަވަަނަ ދުވަހު ގެޒެޓް ކުރި އެ ގަވައިދުގައިވާ ގޮތުން، ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހާ ވަކި ހާލަތްތަކެއްގައި ، އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވައިލުމުގެ އިޚުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް އޮންނާނެ އެވެ. އެގޮތަށް މީހަކު ފޮނުވައިލުމާއި މެދު ގޮތް ނިންމާނީ އެ ގަވައިދުގެ ދަށުން ކަނޑައަޅާފައި ހުންނަ ފޯކަލްޕޮއިންޓްގެ މަޝްވަރާ އާ އެކުގަ އެވެ.
އެ ގަވައިދުގެ ދަށުން، ދާދިފަހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އަނބުރާ ފޮނުވައިވެސް ލައިފަ އެވެ.
ކުއްލި މައްސަލަައިގައި ހަސަން ތުހުމަތުކުރެއްވި ގޮތުގައި އެގޮތަށް ގަވައިދު އެހެން އޮތުމުން، ރާއްޖެއަށް މަަސްތުވާތަކެތި އެތެރެކޮށްގެން އަދަބެއް ނުލިބޭނެ ކަމުގެ ޔަގީންކަން އެ އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ލިބެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
