މާލެ: 31°C

ޑްރަގް ޑީލަރުންގެ ވަނަވަރު އާންމުކޮށްފި

March 22, 2025
278 ފަހަރު ބަލާފައި
ޑްރަގް ޑީލަރުންގެ ވަނަވަރު އާންމުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 ބިދޭސީންގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 ބިދޭސީންގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފި އެވެ.

މި މީހުން ހައްޔަރުކުރީ، ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެއްޗާއެކުއެވެ.

ހައްޔަރުކުރި 10 މީހުންނަކީ:

  1. ނަސްވަން އާދިލް (30އ) / އިންޑޮނޭޝިއާ
  2. އެޑްރިއަންސަޔާ (25އ) / އިންޑޮނޭޝިއާ
  3. މުހައްމަދު އިގްބާލް މަކްރޫމް (30އ) / އިންޑޮނޭޝިއާ
  4. ޕްރަބާކަރަން ނަގަރާޖަން (35އ) / އިންޑިއާ
  5. ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ) / އިންޑިއާ
  6. ގަނޭޝް ބޮމްމާލީ (22އ) / އިންޑިއާ
  7. ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) / އިންޑިއާ
  8. ޕީޓާ ވިނީ (28އ) / އިންޑިއާ
  9. ސަރަން ޕަދްމަން (28އ) / އިންޑިއާ
  10. ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) / އިންޑިއާ

މީ މީހުންގެ ތެރެއިން އިއްޔެ ފަސް މީހެއްގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ. ބާކީ ފަސް މީހުންގެ ބަންދަށް އެއް ދުވަސް ޖެހިއިރު މިއަދު އަނެއްކާ ވެސް ބަންދު އިތުރުކުރަން އެ މީހުން ކޯޓަށް ގެންދިޔަ އެވެ. އެއިން ދެ މީހެއްގެ ބަންދަށް މިއަދު ޖެހީ ތިން ދުވަހެވެ. ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖެހި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ