މާލެ: 31°C

ޑްރަގް ކޯޓުގެ ގާޒީއަކަށް ނަސޭހަތްދީ، އިސްމެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި

February 20, 2023
2 ފަހަރު ބަލާފައި
ޑްރަގް ކޯޓުގެ ގާޒީއަކަށް ނަސޭހަތްދީ، އިސްމެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ޑްރަގް ކޯޓުގެ ގާޒީއަކަށް ނަސޭހަތްދީ، އިސްމެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ބަޔަކު ލައްވާ ދޮގުހެކިބަސް ދިނުމާއި ދޮގު މައުލޫމާތު ދިންކަން ސާބިތުވެ، ދ. ޖުުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު ސަސްޕެންޑްކޮށް ، ފަނޑިޔާރުންގެ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގެ މައްސަލައިގައި، ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. މިދެފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ނިންމީ އިއްޔެ ޖޭއެސްސީ އިން ބޭއްވި އެ ކޮމިޝަންގެ 13 ވަން ޖަލްސާގައެވެ. ގާޒީ އާމިރު، އޭނާގެ ރަށްވެހިކަން ދ. ކުޑަހުވަދުއަށް ބަދަލުކުރުމަށް އެދި އެ ރަށުގެ ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތު ދިނުމާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަން ތަހުގީގަށް ސާބިތުވެފައިވާކަމުގައި ޖޭއެސްސީއިން ބުންޏެވެ. އެހެންވެ، އެ އަމަލަކީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ވާތީ، ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ގާޒީ އާމިރު ދެ ހަފުތާއަށް ސަސްޕެންޑުކުރަން ނިންމާފައިވާ ކަމުގައި ޖޭއެސްސީއިން ބުނެފައިވެއެވެ. އަދި ގާޒީ ނައީމު، ގިނަ ފަނޑިޔާރުން ހިމެނޭ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި ހިލާފަށް ބަސްމަގު ބޭނުންކޮށް ވެރިންނަށް ގަދަރު ކުޑަކުރައްވާފައިވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން ނަސޭހަތް ދޭން ނިންމާފައިވަކަމުގައި ވެސް ޖޭއެސްސީއިން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ