މާލެ: 31°C
ޑްރޯން ދުއްވުމަށް ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

ޑްރޯން ދުއްވުމަށް ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

March 25, 2024
3 ފަހަރު ބަލާފައި
ޑްރޯން ދުއްވުމަށް ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް
ގައުމީ ދިފާއީ ބާރުގައި ވައިގެ ފޯސްގެ ހިދުމަތް ތަޢާރަފްކޮށް، ބޭނުންކުރަން ފެށި އަސްކަރީ ޑްރޯންތައް ދުއްވުމަށް ބޭރުގެ އެއްވެސް ގައުމެއްގެ ބަޔަކު ރާއްޖޭގައި ހަރަކާތްތެރިނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަމުގެ ދެއްވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި  މއ.ނައިޓްލައިޓް، މުހައްމަދު އިހްސާން، ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. ސުވާޅުގައި ބުނީ، މީގެ ކުރިން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހެން ގައުމެއްގެ ސިފައިން ތިބޭ ތިބުން ނިމުމަކަށް ގެނެސް، އަލަށް ރާއްޖެ ގެނައި ޑްރޯންތައް އޮޕަރޭޓްކުރުމަށާއި، ދުއްވުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ އެހީ ހޯދަމުން ދާނެތޯ އެވެ. އެ ސުވާލުގެ ޖަވާބުރައި ރައީސް މުޢިއްޒު ވިދާޅުވީ، ބޭރުގައި ސިފައިން ރާއްޖޭގައި ތިބެން ޖެހޭގޮތަށް އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އެގޮތުން އެއަރ ކޯ އަދި ދުއްވަން ފެށި ޑްރޯންތައް ދުއްވުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން އެކަމުގައި އެހީތެރިވާންވެސް ރާއްޖެއަކު ނުތިބޭނެ. ތުރުކީއަށް ސިފައިން ގޮސް ތަމްރީނު ހޯދައިގެން އައިސް ދިވެހި ސިފައިން މިހާރުވެސް އެ ޔޫއޭވީތައް (ޑްރޯން) އޮޕަރޭޓް ކުރަނީ އަދި ދުއްވަނީ. އަދި ކުރިއަށް އޮތްތާ އިތުރު ބެޗްތައް ޓްރެއިނިންގ ހަދަން ގޮސްފައި އަންނާނެ. މިހާރުވެސް ގޮސް އެބައުޅޭ ޓްރެއިނިންގަ. އެހެންވީމަ ދިވެހި ސިފައިން ފުލީ ހުރިހާކަމެއްވެސް އެ ޑްރޯންތައް އުދުހުމުގެ ކުރާނީ." ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ