
"ޑްރީމް ގާލް 2" ރިލީޒްކުރާ ތާރީހު ފަސްކޮށްފި
"ޑްރީމް ގާލް 2" ރިލީޒްކުރާ ތާރީހު ފަސްކޮށްފި
ލިޔުން:
އަޔޫޝްމަން ކްރާނާގެ ފިލްމު "ޑްރީމް ގާލް 2" ރިލީޒްކުރާ ތާރީހު ފަސްކޮށްފިއެވެ.
މީގެ ކުރިން ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ 7 ޖުލައި ގައި ނަމަވެސް މިއަދު ހެނދުނު އަޔޫޝްމާން ކްރާނާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ގޮސް ރިލީޒްކުރާ ތާރީހު ފަސްކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން މިހާރު ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.
އަޔޫޝްމާން ކްރާނާ ލީޑް ރޯލުން ފެނިގެންދިޔަ 2019 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ޑްރީމް ގާލް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިފަހަރުވެސް ދެވަނަ ބައި ޑައިރެކްޓްކުރީ ފުރަތަމަ ބައި ވެސް ހެދި ރާޖް ޝާންޑަލިޔާ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ.
"ޑްރީމް ގާލް" ގެ ބަތަލާގެ ރޯލު ނުޝްރަތު ބަރޫޗާ ކުޅުނު ނަމަވެސް ސީކްއެލްގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭއެވެ. އަދި އެ ފިލްމްގެ ޓީޒާތައް ބެލުމަށްފަހު ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.
"ޑްރީމް ގާލް" އަކީ ވަޒީފާއެއް ހޯދަން އުޅުނު ޒުވާނަކަށް ކޯލު ސެންޓަރެއްގައި "ޕޫޖާ" އަށް ހެދިގެން އަންހެން އަޑުން ވާހަކަ ދައްކައިގެން އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
