
ޑރ.ހަސަން ހަމީދު ވިދާޅުވަނީ ރާއްޖޭގެ ރުއްތަކުން ވެސް ފޮނިކަދުރު ލިބޭނެކަމަށް!
ޑރ.ހަސަން ހަމީދު ވިދާޅުވަނީ ރާއްޖޭގެ ރުއްތަކުން ވެސް ފޮނިކަދުރު ލިބޭނެކަމަށް!
ލިޔުން:
"ތިޔަ ހެދުނަކަސް ތިއަކު ކަދުރެއް ނާންނާނެ، އަޔަސް ފޮންޏެއް ނުވާނެ،" ރާއްޖޭގެ ރަށެއްގައި ކަދުރު ރުކެއް ހައްދަން އުޅޭ ނަމަ އިހުގައި މީހުން ކިޔާނީ މިހެންނެވެ. ކަދުރު ނޫނަސް އެމޭރުމުން ވާހަކަ ދެކެވޭ ބައެއް ބާވަތްތައް ހުރެ އެވެ. އެކަމަކު އެފަދަ ބައެއް ބާވަތްތައް މިހާރު ކާމިޔާބުކަމާ އެކު ހައްދައި، އެއިން މޭވާ ވެސް ލިބެ އެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަަސަން ހަމީދަކީ މިފަދަ ކަންކަމާ މެދު ފިކުރުކުރައްވައި ރަނގަޅު ޚިޔާލުތަކާއި އިލްމީ ދިރާސާތައް ހިއްސާކުރައްވާ ބޭފުޅެކެވެ. ރޯދަ މަސް ކައިރިވެފައި އޮއްވާ އޭނާ މިފަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވީ ރާއްޖޭގައި ހެދިފައި ހުރި ކަދުރު ރުއްތަކުން ވެސް ފޮނި ކަދުރު ހޯދޭނެ ގޮތުގެ މައުލޫމާތު ކޮޅެކެވެ.
[embed]https://twitter.com/hsn_hameed/status/1627192478221873152?s=20[/embed]
ޓްވިޓާއަށް މިއަދު ދޫކޮށްލެއްވި މައުލޫމާތު ކޮޅާ އެކު އޭނާ ވިދާޅުވީ "ދިވެހިރާއްޖޭގައި މީރު ކަދުރު ނާޅަނީ، އެކަން ކުރަންވާ ގޮތަށް މީހުން ހޭލުންތެރި ނުވުމުން" ކަމަށެވެ. ކަދުރަކީ އޭނާ ވިދާޅުވި ގޮތުގައި އަން ރުކާއި ފިރިހެން ރުއް ހުންނަ ބާވަތެކެވެ. ކުރަން ޖެހޭ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަދުރު ރުއްތައް ފޯދުމުން އެ ދެބާވަތް ދެނެގަނެ، ފިރިހެން ރުކުގެ މަލުގެ ކަރުދާ ހިއްކައި، އެ ފެނަށް އަޅައިގެން، އަންހެން ރުކުގެ މާތަކަށް ވިއްސުމެވެ.
ގުދުރަތީ ގޮތުން ނުވަތަ އިންސާނުން މެދުވެރިވެގެން ވެސް އެ މަރުހަލާ ފުރިހަމަ ނުވެ އަޅާ ކަދުރަށް ވާނެ ގޮތް ވެސް ޓްވީޓްގައި ޑރ. ހަސަން ވިދާޅުވެ ދެއްވި އެވެ.
"[މާ] ޖޯޑުނުކޮށް ގަންނަ ކަދުރަކު އޮށެއް ނުހުންނާނެ އެވެ. އަދި ކުޑަވާނެ އެވެ. މިފަދަ ކަދުރު މީހުން ބޭނުންކުރަނީ ރިހަކެއްކުމަށާއި ގެރި ބަކަރިއަށް ކާންދިނުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
