ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށުގެ ހުކުމް އިއްވުން މި މަހުގެ 10 ގައި

ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށުގެ ހުކުމް އިއްވުން މި މަހުގެ 10 ގައި
ލިޔުން:
އެމެރިކާގެ ކުރީގެ ރައީސް އަދި މިހާރުގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށުގެ ހުކުމް އިއްވުމަށް މި މަހުގެ 10 ދުވަހުގައި ކޯޓަށް ހާޒިރުވުމަށް ތާވަލުކޮށްފިއެވެ.
އެެ މަނިކުފާނުގެ މައްޗަށް ވަނީ، ވިޔަފާރީގެ ހިސާބުކިތާބު އޮޅުވާލެއްވިކަމާއި، އަހްލާގީ ގޮތުން ދަރަޖަ ދަށް މުއާމަލާތްތަކެއް ހިންގަވާފައިވާކަމުގެ ކުށް ސާބިތުވެފައެވެ.
ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެން ހުންނެވި ރައީސް ޓްރަމްޕްގެ ތަރުޖަމާނު ސްޓީވަން ޗެއުންގް ވިދާޅުވީ، ރައީސް ޓްރަމްޕަށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމާއި ރިޔާސީ ދައުރުގެ މުހިންމު ވާޖިބުތައް އަދާކުރުމުގެ ހުއްދަ އެ މަނިކުފާނަށް ދޭން ޖެހޭނީ އެއްވެސް ހުރަހެއް ނެތިކަމަށެވެ.
ޓްރަމްޕް ވަނީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ މައްސަލަ ބާތިލުކުރަން މަސައްކަތް ކުރައްވައި، އެ މަނިކުފާނުގެ މައްޗަށް ހުކުމް އިއްވުން ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވުމުން އެ ކަމަށް ފާޑު ވިދާޅުވެފައެވެ. އަދި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ވެސް ވަނީ މައްސަލަ ވަގުތުން ބާތިލުކުރަން ޖެހޭ ކަމަށް ބުނެފައެެވެ.
އެހެން ނަމަވެސް ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވި މެންހަޓަންގެ ފަނޑިޔާރު ޖުއާން މާޗަން ވަނީ އެ ކަމަށް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން ފަނޑިޔާރު ތާވަލުކުރައްވާފައި އޮތް ގޮތަށް މިމަހުގެ 10 ވަނަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެމަނިކުފާނަށް ވަނީ އަންގާފައެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި، އެ މަނިކުފާނަށް ހުކުމް އިއްވުމުގައި ލުއިތަކެއްވެއެވެ. އެގޮތުން 2029 ވަނަ އަހަރު ޓްރަމްޕްގެ ރިޔާސީ ދައުރު ނިމެންދެން ހުކުމް އިއްވުން ފަސްކުރުމާއި ޖަލު ހުކުމެއް ނާންނަ ގޮތަށް ހުކުމެއް އިއްވުން ހިމެނެއެވެ. އެހެން ކަމުން އެމަނިކުފާނު އަމިއްލަ ފުޅަށް ކޯޓަށް ހާޒިރުވި ނަމަވެސް އެއްވެސް ޝަރުތެއް ނެތި ކޯޓުން ދޫކޮށްލާނެ ކަމަށް ފަނޑިއާރު ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވައިކުރައްވަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް ކޯޓުގައި އޮތީ އެމަނިކުފާނާ ގުޅޭ މައްސަލައެއް ކަމަށްވާތީ ޓްރަމްޕް ހުވައިކުރެއްވުމުގެ ކުރިން ހުކުމް އިއްވުން އަވަސްކުރެއްވީ ކަމަށްވެސް ފަނޑިއާރު ޖުއާން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
