މާލެ: 31°C

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ޓެކްސް އާއި ޕެންޝަނާއި، ކަސްޓަމް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތައް ބަދަލުކުރަނީ

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ޓެކްސް އާއި ޕެންޝަނާއި، ކަސްޓަމް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތައް ބަދަލުކުރަނީ
August 25, 2024
2 ފަހަރު ބަލާފައި
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ޓެކްސް އާއި ޕެންޝަނާއި، ކަސްޓަމް ޑިއުޓީ ޑޮލަރުން ދައްކަންޖެހޭ ގޮތައް ބަދަލުކުރަނީ
ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ޑޮލަރުން ދައްކަންޖެހޭ ގޮތައް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެ ކުންފުނިތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްސް ތަކާއި މުވައްޒަފުންގެ ޕެންޝަން ފައިސާ އާއި އަދި އެފަދަ ކުންފުނިތަކުން ރާއްޖެ އެތެރެކުރާ މުދަލަށް ދައްކަން ޖެހޭ ކަސްޓަމް ޑިއުޓީ ޑޮލަރުން ނެގުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އަންނަ ހަފްތާގައި މަޖިލިސްއަށް ހުށަހަޅާނެކަމަށެވެ. ބޭންކް އޮފް މޯލްޑިވްގެ ކާޑުތަކުން ރާއްޖެއިބން ބޭރުން ވިޔާފާރިކުރުމަށް ދެވިފައިވާ ލިމިޓްތަކަށް ގެނައި ބަދަލާ ގުޅިގެން މިއަދު ކެބިނެޓް ގައި ކުރެވުނު މަޝްވަރާއަށްފަހު އެބަދަލުތައް ވީއެއްމެ އަވަހަކަށް ގެންނަން ނިންމާފައިވާކަމަށް މިނިސްޓަރ އުޝާމް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ