މާލެ: 31°C

ޑޮކްޓަރުކަން ކިޔަވާ ނިންމާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގަރާމް އޭޑީކޭގައި ފަށައިފި

January 22, 2025
814 ފަހަރު ބަލާފައި
ޑޮކްޓަރުކަން ކިޔަވާ ނިންމާ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގަރާމް އޭޑީކޭގައި ފަށައިފި
މެޑިސިންގެ ދާއިރާއިން ޑޮކްޓަރުކަން ކިޔަވާ ފަރާތްތަކަށް ހަދަންޖެހޭ އިންޓާންޝިޕް ޕްރޮގްރާމް (އެއް އަހަރު ހޮސްޕިޓަލެއްގައި މަސައްކަތްކުރުން) އޭޑީކޭ ހޮސްޕިޓަލުގައި ފަށައިފިއެވެ.

މެޑިސިންގެ ދާއިރާއިން ޑޮކްޓަރުކަން ކިޔަވާ ފަރާތްތަކަށް ހަދަންޖެހޭ އިންޓާންޝިޕް ޕްރޮގްރާމް (އެއް އަހަރު ހޮސްޕިޓަލެއްގައި މަސައްކަތްކުރުން) އޭޑީކޭ ހޮސްޕިޓަލުގައި ފަށައިފިއެވެ.

ރާއްޖޭގެ ގައިމީ ޔުނިވާސިޓީ އިން ހިންގި އެމްބީބީއެސް ޕްރޮގްރާމް ނިމުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލްގެ އިންޓާންޝިޕް ޕްރޮގްރާމުން ޖާގަ ފުލްވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެ ޕްރޮގްރާމް ހިންގަން ފަށާފައިމިވަނީ 20 ޑޮކްޓަރުން އެކުގައެވެ. އޭޑީކޭ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މެޑިކަލް ކައުންސިލުން ގަބޫލުކުރާ އެއް އަހަރުގެ އެ ޕްރޮގްރާމްގައި ސްޓްރަކްޗާޑް އެކަޑެމިކް ލެކްޗާ އާއި ވޯކްޝޮޕް އަދި ކްލިނިކަލް ބައިތައް ދަސްކޮށްދޭނެ ކަމަށާއި އަދި ދުނިޔޭގެ އެކި ގައުމުތަކުން ކިޔަވައި ނިންމި ދަރިވަރުން ގާބިލް އަދި ލައިސަންސް ލިބިފައިވާ ހުނަރުވެރި ޑޮކްޓަރުންނަށް އޭޑީކޭގެ އެ ޕްރޮގްރާމުގެ ސަބަބުން ވެގެންދާނެ ކަމަށް ބުންޏެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ