މާލެ: 31°C

ދޯންނެއް ސަލާމާތްކުރަން އުޅުނު ފުލުހަކާއި ސިފައިންގެ މީހަކާއި ކެޕްޓަން ގެއްލިގެން ހޯދަނީ

August 6, 2026
145 ފަހަރު ބަލާފައި
ދޯންނެއް ސަލާމާތްކުރަން އުޅުނު ފުލުހަކާއި ސިފައިންގެ މީހަކާއި ކެޕްޓަން ގެއްލިގެން ހޯދަނީ
ދޯންނެއް ސަލާމާތްކުރަން އުޅުނު ފުލުހަކާއި ސިފައިންގެ މީހަކާއި ކެޕްޓަން ގެއްލިގެން ހޯދަނީ

ފްރެންޑް 4 ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދިޔަ ހާދިސާއެއްގައި ފުލުހަކާއި ސިފައިންގެ މީހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ 8 މީހުންނާއެކު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ (2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22) އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއިވެ، އެ ހާދިސާގައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައި ކަމަށެވެ.

އަދި ދޯނި ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކާއި އަދި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިއިރު ދޯނީގައި ތިބީ 8 މީހުންގެ ކަމަށާއި އޭގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ