
ދިޕިކާ މާބަނޑުވުމުން ހަކުރު ބަލީގެ އުނދަގޫ ޖެހިއްޖެ
ދިޕިކާ މާބަނޑުވުމުން ހަކުރު ބަލީގެ އުނދަގޫ ޖެހިއްޖެ
ލިޔުން:
ޓީވީ ސީރިއަލްތަކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ދިޕިކާ ކަކަރް، މާބަނޑުވުމުން ހަކުރު ބަލީގެ އުނދަގޫ ޖެހިއްޖެ ކަމަށް އޭނާ ބުނެފިއެވެ.
ސްކްރީންތަކާ ދުރުގައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ ނަމަވެސް، ބަތަލާ އަންނަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި ބެލުންތެރިންނަށް މާބަނޑު ދުވަސްވަރު ހިނގާ ކަންތައްތައް ދުވަހުން ދުވަހަށް ވުލޮގްގެ ޒަރިއްޔާއިން ހިއްސާކުރަމުންނެވެ.
މިއަދު އޭނާގެ ޗެނަލްގައި ހިއްސާކުރި ވީޑިއޯގައި ބުނީ ޖެސްޓޭޝަނަލް ޑައިބެޓީސް ޖެހިފައިވާކަން އެެނގުނީ މީގެ ދެ ދުވަސް ކުރިން އޭނާގެ ރޫޓިން ޗެކަޕަކަށް ދިޔުމުން ކަމަށެވެ. ބަތަލާ ވަނީ މިބަލި ހުންނަ މީހުން ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައްތައް ފޭނުންނަށް ހިއްސާކޮށްފައެވެ.
ދިޕިކާ ހިއްސާކުރި ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ ހަކުރުގެ "ޖެސްޓޭޝަނަލް ޗެލެންޖް ޓެސްޓް" އެއް ހަދައި، އެކަން ޔަގީންކޮށްފައެވެ.
"މީ މާބަނޑު ދުވަސްވަރު ވަރަށް ގިނަ މީހުންނަށް ދިމާވާ ހަކުރު ބަލީގެ ވައްތަރެއް. އާއްމުކޮށް ވީކް 24 އިން ވީކް 28 އަށް ޑިވެލޮޕް ވާނީ. ދުވަހަކުވެސް ހަކުރު ބަލީގެ އަސަރެއް ނުކުރާ މީހަކަށްވެސް މާބަނޑުވުމުން މިހެން ދިމާވެދާނެ. އެއީ އަހަރެންނަށް ވެސް ދިމާވި ގޮތް" ދިޕިކާ ބުންޏެވެ.
ބަތަލާ ވަނީ އިތުރަށް މި ހާލަތު ދިމާވަނީ ކީއްވެގެން ކަމާއި އެ ހާލަތު ކޮންޓްރޯލް ކުރުމަށް ކުރަންވީ ކަންތައްތައް ހިއްސާކޮށްފައެވެ. ބަތަލާ އިތުރަށް ބުނީ ޑޮކްޓަރު އެހެން ބުނުމުން ފުރަތަމަ ވެސް ހިޔާލަށް އައީ މާ ގިނައިން ފޮނި އެއްޗެހި ކެވުނީތ،ޯ ނޫނީ ކާން ޖެހޭ ވަރަށް މޭވާ ނުކުނީތޯ ކަމަށެވެ. ނަމަވެސް އޭނާ ހިއްސާކުރި ގޮތުގައި އެއީ ކުރިން ކެވުނު އެއްޗަކުން ޖެހޭ ބައްޔެއް ނޫނެވެ.
އެގޮތުން، މިފަދަ ކަމެއް ދިމާވެއްޖެނަމަ ގަވާއިދުން ކަސްރަތު ކުރުމާއި ދުވަހުން ދުވަހަށް ހިނގާލަން ދިއުމުގެ އިތުރުން ސިއްހީ ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ހަކުރު ނެތް ހަރުކަށި ޑައިޓެއް ތަންފީޒު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދިޕިކާ ބުންޏެވެ.
ދިޕިކާ އާއި އޭނާގެ ފިރިމީހާ ޝޮއެބް އިބްރާހިމް ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. ދެމަފިރިންގެ ފުރަތަމަ ދަރިއަށް އިންތިޒާރު ކުރަމުން އަންނައިރު، މިހާރު ދިޕިކާ އިނީ އޭނާގެ ތިންވަނަ ޓްރައިމެސްްޓާރ ގައެވެ. މި ދެމަފިރިން ވަނީ މަޝްހޫރު އިންޑިއަން ޓީވީ ސީރީޒްއެއް ކަމަށްވާ "ސަސުރާލް ސިމާރު ކާ" ގައި އެކުގައި މަސައްކަތްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
